އެއްމެދު އިމާރާތް ޕޯޓަލް ލޯންޗުކުރުން / ފޮޓޯ:މިނިސްޓްރީ
ހަބަރު
23 Jan 2024 | 07:26
އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ޚާއްޞަ 'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފި

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައި ހިމަނާފައިވާ އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ޚާއްޞަ 'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުރީގެ ހައުސިންގ އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އިބްރާހީމް ރަފީޤެވެ.

އެއްމެދު ޢިމާރާތް ނުވަތަ "ސްޓްރާޓާ ސްކީމް" އަކީ ޢިމާރާތެއް ނުވަތަ ޢިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތަށް ހަދާފައި ވުމާއެކު އެ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރިފަރާތްތަކުގެ މެދުގައި ހިއްސާވެ އެތަންތަން ހިންގައި ބެލެހެއްޓުމެވެ.

މި ޕޯޓަލް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، މި ޕޯޓަލާއެކު އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ފަސޭހަވެގެންދާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މި ދާއިރާއިން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ގެދޮރުވެރިކަމާއި ޢިމާރާތްކުރުމުގައި ދިމާވާ މައްސަލަތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބޭނެ ފަދަ ގޮތަކަށް ކަންތައްތައް ބައްޓަންކޮށް ކަންތައްތައް ރާވާ ހިންގުމަށް." މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ

މިނިސްޓްރ ހައިދަރު އިތުރަށް ވިދާޅުވި ގޮތުގައި  "ސްޓްރާޓާ ޕޯޓަލް" އަކީ އެއްމެދު ޢިމާރާތްތައް ރަޖިސްޓްރީކުރުމާއި އެއްމެދު ޢިމާރާތްތަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭޝަންތައް ރަޖިސްޓަރީކޮށް ސަރުކާރުން ރެގިއުލޭޓްކުރުމަށް މަގުފަހިވެގެން ދާނެ ޕޯޓަލެއްކަމަށެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި ކުރިމަގުގައި މި ޕޯޓަލް ވެގެންދާނީ ސަރުކާރުގެ އިދާރާތަކާއި އަދި އެނޫންވެސް ގުޅުންހުރި ހުރިހާ އިދާރާތަކާއި ގުޅުވާލެވިގެން އަކަމާ ގުޅުންހުރި ހުއްދަތައް ދޫކުރެވިގެންދާނެ ޕޯޓަލްއަކަށްކަމަށައި، އަދި މި ޕޯޓަލް ވެގެންދާނީ މުޅި ރާއްޖޭގެ އެއްމެދު ޢިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރެކޯޑް ކުރެވިގެންދާނެ ޕޯޓަލަކަށް ކަމަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ހާލާންޑްގެ ދެ ލަނޑާއެކު، ބްރެޒިލަށް ވަރލްޑްކަޕް ނިމިއްޖެ
ރޭ ހާލާންޑް ޖެހި ދެ ލަނޑާއެކު ހާލާންޑް ވަނީ މެސީ އަދި އެމްބާޕޭ އާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންްގެ ތެރޭގައެވެ
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.
06 Jul 2026
ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވި ކަމަށް އެޗްޑީސީން ބުނެ އެވެ.
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.