ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ސެންބެ
ހަބަރު
22 Jan 2024 | 20:47
ރައީސަކީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއް: ނައިބު ރައީސް

ރައީސުލް ޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއްކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުޙައްމަދު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ބެލެވޭ ގޮތުގައި ނައިބުރައީސް މި ޕޯސްޓު ކުރައްވާފައި މިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރަން ހުށައަޅާފައިވާ އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ.

ނައިބު ރައީސް މިރޭ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅި ސަރުކާރު ބިނާކުރައްވަނީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ޙިދުމަތެއް ދެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.  

"ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރާނެ ވެރިއެއް. އެމަނިކުފާނުގެ މުޅި ސަރުކާރު ބިނާކުރައްވަނީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ޙިދުމަތެއް ދެވޭނެ ބައްޓަމަށް.  ރމ. ސަރުކާރު އަބަދުވެސް އޮންނާނީ ތިޔަ ރައްޔިތުންނާއިއެކު" 

ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ވެރިކަމަށް ވަޑައި ގަންނަވަމުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުރިހަމަ ކުރެއްވުމަށް  މަގުޗާރޓެއް އެކުލަވާލައި އެ މަގުޗާޓާއި އެއްގޮތަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ހާލާންޑްގެ ދެ ލަނޑާއެކު، ބްރެޒިލަށް ވަރލްޑްކަޕް ނިމިއްޖެ
ރޭ ހާލާންޑް ޖެހި ދެ ލަނޑާއެކު ހާލާންޑް ވަނީ މެސީ އަދި އެމްބާޕޭ އާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންްގެ ތެރޭގައެވެ
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.
06 Jul 2026
ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވި ކަމަށް އެޗްޑީސީން ބުނެ އެވެ.
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.