ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ތޭރަ އޮންލައިން
ހަބަރު
23 Jan 2024 | 15:08
ރައީސް ޔާމީންގެ ސުވާލެއް: އިންޑިޔާ އައުޓް ހުއްޓުވަން ނެރުނު ގަރާރު، މިސަރުކާރުން ބާތިލް ނުކުރަނީ ކީއްވެތޯ؟

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ޕީޕީއެމާއި ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމަވައި، އެކަން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނެރުއްވި ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ބާތިލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ސުވާލު ކުރައްވައިފި އެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުން މަނާ ކުރެވިފައިވީ ނަމަވެސް އެމަނިކުފާނ ގެންދަވަނީ އެ މަނިކުފާނު އުފައްދަވަން މަސައްކަތްކުރާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ގިނަ ސުވާލު ތަކެއް ކުރައްވާފައެވެ. 

އޭގެ ތެރެއިން އެއްބައި ސުވާލު އަމާޒު ކުރެއްވީ އިންޑިއާ އައުޓް ކެމްޕޭން މަނާ ކުރާ ގަރާރު އަދިވެސް ބާތިލުނުކުރާތީ އެކަމާއި ގުޅުވައި އެވެ.

އެގޮތުން ޔާމިން ވިދާޅުވީ، ސޯލިހް އެ ގަރާރު ނެރުއްވީ އިންޑިއާ ރުއްސަން ކަމަށެވެ. އަދި އެ ހަރަކާތް ކިތަންމެ ކުރިއަށް ގެންދަން ބޭނުންފުޅުވި ނަމަވެސް އެމަނިކުފާނަށް އެ ހަރަކާތް ހުއްޓާލަން ޖެހިވަޑައިގަތީ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައްވަން ބޭނުންފުޅު ނުވާތީ ކަމަށް ވިދާޅުވި އެވެ.

"(އިންޑިއާ އައުޓް) އެ ހަރަކާތް އަޅުގަނޑުމެން ހުއްޓާލީ ސަލާމަތީ ބާރުތަކާއި އަޅުގަނޑުމެން ކްލޭޝް ވާން ބޭނުން ނުވާތީ،"

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

ޔާމީން އިތުރަށް ވިދާޅުވީ އޭރު އިދިކޮޅުގައި ތިއްބެވީއިރުގައި އެއީ ގާނޫނާ ހިލާފު ގަރާރެއްކަމަށް މި ސަރުކާރުގެ ބޭބޭފުޅުން ވިދާޅުވި ކަމަށެވެ. އެހެން ކަމަށް ވީއިރު، މިހާރު އެ ގަރާރު ބާތިލް ނުކުރެވެންވީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު ކުރައްވާފައެވެ. 

"ކީއްވެގެންތޯއޭ މި ސަރުކާރަށް ވިތު ޖަސްޓް އަ ސްޓްރޯކް އޮފް ޕެން [ގަލަން ކުރި ޖައްސާލައިގެން] އެ ގަރާރު ބާތިލުކޮށް ނުލެވިގެން މިއުޅެނީ ކީއްވެގެންތޯ. "ބާތިލުކުރީމާ ދެއްތޯ މާދަމާ ވެސް އަޅުގަނޑުމެން ގޭގައި އިންޑިއާ އައުޓު ބެނާ ހުންނާނީ. އަދި އަޅުގަނޑުމެން އިންޑިއާ އައުޓްގެ މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމަކު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ،" 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު ޔާމީން ވަނީ ގާނޫނާއި ޚިލާފް ކަމަށް ބުނެ، 'ގޮވެލިފަތި ގޮވަމުން އައި ސަރުކާރަކަށް' ގަރާރު ބާތިލުނުކުރެވިގެން އުޅެނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

"މި ކަންކަމަށް ގޮވެލިފަތި ގޮވަމުން އައި ސަރުކާރެއް އަދިވެސް މިއުޅެނީ އެ ގަރާރު ބާތިލުކޮށްނުލައިގެން. ކޮބައިތޯއޭ މީގެ ސިއްރަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ރައީސް ޔާމީން އިސްވެ ހުންނަވައި، ކުރީ ސަރުކާރުގައި އިދިކޮޅުގައި އޮވެގެން ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ހަރަކާތް ހުޓުވަން ކުރީގެ ރައީސް ސޯލިހް ގަރާރު ނެރުއްވާފައި ވަނީ އޭޕްރީލް 21، 2022 ވަނަ ދުވަހުއެވެ. 

އެ ގަރާރުގައި ބަޔާންކުރައްވާފައި ވާގޮތުން އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ. އަދި އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމަށާ އެއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެއް ކަމަށް ބުނެފައިވެއެވެ. 

އެހެންކަމުން އެ ކެމްޕެއިނާ ގުޅޭ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުވަން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް އަމުރު ވެސް ކުރެއްވި އެވެ. އެއާއެކު، އޭރު އެކި ތަންތަނުގައި ދަމާފައިހުރި އިންޑިޔާ އައުޓް ބެނާތައް ވަނީ ފުލުހުން ނުކުމެ ނަގާފައެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.