އުސްތާޒު މުޙައްމަދު ތާހާ
ހަބަރު
24 Jan 2024 | 08:08
ޠާހާ ސިހުރުވެރިންގެ ފައިގައި ގާނޫނީ ކަސްތޮޅު އަޅުވަން ނުކުމެ

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އެންމެ އާދަޔާއި ޚިލާފް ވާހަކައެއް ދައްކަވާ ބޭފުޅަކީ ނ އަތޮޅު ހޮޅުދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުންގެންދަވާ އަލް އުސްތާޒު މުޙައްމަދު ތާހާއެވެ. އޭނާ ވާދަ ކުރައްވާ ދާއިރާގައި ހިމެނޭ ހޮޅުދޫއާއި މިލަދޫއާއި މަގޫދޫ ރައްޔިތުން ބޭނުންވާ ކަންކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެތިން ރަށަށް ދަތުރުކޮށް ދޮރުންދޮރަށް ހިންގަވައިގެން މީހުން އެދިފައިހުރި ކަންކަން ސަރުކާރުތެރެއިން ހަމަޖެހިގެންދާނެ ކަމާމެދު އޭނާގެ އެއްވެސް ޝައްކެއް ނެތެވެ. އޭނާ ހޮޅުދޫ ދާއިރާއަށް ނުކުމެވަޑައިގަންނަވަނީ އެކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އެންމެ މަތިން ލިބިވަޑައިގެންނެވެ. ތާހާގެ އަޅައިގަންނަ ވަޢުދަކީ މިއެއް ނޫނެވެ. ރާއްޖޭގައި އެބައެއްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ސިހުރުވެރިންނަށް އޭނާ ދެއްވަމުންގެންދަވާ އިންޒާރާހެދިއެވެ. އޭނާގެ ކެމްޕެއިން ވައުދަކީ ރައްޔިތުންގެ މަޖިލީހުގެތެރެއަށް ވަދެވިއްޖެނަމަ ސިހުރުވެރިންގެ ފައިގައި ގާނޫނީ ކަސްތަޅު އަޅުވާނެ ގާނޫނެއް ވުޖޫދަށް ގެނައުމެވެ.

މިވައުދު އާދަޔާއި ޚިލާފް ބޮޑުވައުދަކަށްވަނީ މީގެ ޒަމާންތަކެއް ކުރިން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން އަވަހާރަކޮށްލަން ހުވަދުއަތޮޅު ބަޔަކު ސިހުރު ހަދައިގެން އަދި އޭގެ ކުރިން އެއަތޮޅުގެ އަތޮޅުވެރިޔާ ވީރު އަލިދީދީއަށް ސިހުރު ހަދައިގެން މަރައިލުމާއި އަމީން ދީދީއަށް ހެދި ސިހުރުގައި އެމަނިކުފާނު މަރުތަންމައްތީގައި އޮންނަވަނިކޮށް މިސހުރު ފަޅާއަރައިގެން މިމީހުން މާލެގެނެސް ޝަރީއަށް ހިންގައި ބަޑިޖަހައި މެރިފަހުން ސިހުރުވެރިން ހިންގާ ޖަރީމާ ބެލޭނެ ގޮތެއް ރާއްޖޭގައި ނެތި މީހުން ގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި މިކަމާއިގެން ނުކުންނެވުމުންނެވެ.

ދިވެހިރާއްޖޭގައި ސިހުރުގެ ބަލާވެރިކަން ނުޖެހޭ އާއިލާއެއް މަދުވާނެއެވެ. ޚާއްސަކޮށް މިހާރު ޒުވާން އަންހެން ކުދިން ކުއްލިގޮތަކަށް ސައިކޯވެފައި ނަފްސާނީ ބަލިގަނޑެއްގެތެރެއަށް ވެށްޓެމުންދާ ދިއުމާއި ދެމަފިރިންގެ ދޭތެރެއަށް ވަދެގަތުމަށާއި މުދަލުގެ ދަހިވެތިކަމުގައި ސިހުރުހަދައި މޮޔަކޮށްގެން މީހުން މަރަމުންދިއުން ފާހަގަ ކުރެވޭ މިންވަރަށް އިތުރުވެފައި ވެއެވެ. ސިހުރުގެ ސުންޕާކަން ޖެހިގެން ދިވެހިރާއްޖޭގައި ރަނގަޅު ނުވެގެން ގޮތް ހުސްވެގެން އިންޑިއާއާއި ސިރީލަންކާގެ ހާމުދުރުން ކައިރިއަށްވެސް ދިވެހިން މިހާރު ދާކަމަށް ވެއެވެ.

އާއިލާއަށް މީހަކު ސިހުރު ހަދާކަން ސާފުކޮށް އެނގުނަސް މިކަންދިމާވާ އާއިލާގެ މީހުންނަށް އިންސާފު ލިބޭނެ ގޮތެއް ނޯވެއެވެ. އެކަކަށް ޖެހިއްޖެއްޔާ ގައިން ގަޔަށް އަރާ ބައްޔެއްހެން މުޅި އާއިލާގައި ސިހުރުގެ ކަތުރުފަނި އެބައަޅައެވެ. ގާނޫނީ އޮނިގަނޑެއް ނެތުމުން ފުލުހުންނަށް ތަހްގީގު ހިންގޭނެ ގޮތެއް ނޯވެއެވެ. ރާއްޖޭގައި މީގެކުރިން ގާނޫން ހަދާ މަޖިލީހުގެ އެއްވެސް މެންބަރަކަށް އެވާހަކަ ދައްކާކަށް ނުކެރެއެވެ. ފުލުހުންނަކަށްވެސް ނުކެރެއެވެ. ތަހްގީގު ކުރަންދާ ފުލުހުންނަށް ސިހުރުހަދާފާނެތީ އެމީހުންވެސް ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

މިފަހަރު ތާހާ މި ނުކުންނަވަނީ މިބިރުވެރިކަމުން މީހުން ނެރެދިނުމަށެވެ. އޭނާއަކީ ޝަރުއީ ރުގުޔާ ދިވެހިރާއްޖޭގައި އެންމެ ރަނގަޅަށް ދަސްކުރައްވައި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ސިހުރުވެރިންގެ ސިހުރު ބާތިލް ކުރުމަށް ބޭނުންކުރާ ޝަރުއީ ރުގުޔާގެ އެންމެ ފުންނާބު އުސް އުސްތާޒެވެ. ސިހުރުވެރިއާގެ ގައިގައި ޖަހަންވީ ކޮންތާކުކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވަނީވެސް އޭނާއަށެވެ. އެހެންވީމާ ކޮންމެހެންވެސް މިފަދަ ބޭފުޅަކު މަޖިލީހަށް ވަދެ ސިހުރުވެރިންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރަން އެބަޖެހެއެވެ. މިކަންކުރުމުގެ ބާރު މިފަހަރު މި ލިބުނީ ހޮޅުދޫ ދާއިރާއަށް ނިސްބަތްވާ ތިން ރަށުގެ ރައްޔިތުންނަށެވެ. މިއީ މިތިން ރަށުގެ ރައްޔިތުން އެކަތިގަނޑަކަށްވެގެން ތެދުވާންވީ ވަގުތެވެ. ރައްޔިތުން ތަމްސީލު ކުރާނެ ޝަރުއީ ޢިލްމުގެ ރޮނގުން ފުންނާބު އުސް އިލްމުވެރި ތެދުވެރި ހިތްވަރުގަދަ ޒުވާނަކު މިފަހަރު ހޮޅުދޫ ދާއިރާއަށް ނެރެވެން އެބައޮތެވެ. އެކެންޑިޑޭޓަކީ ތޯހާ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަނެއްކޮޅުން ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ އެދުންތައް ސަރުކާރުތެރެއިން އެންމެ ފަސޭހަކަމާއެކު ކުރެވޭނެ މީހަކަށް ވޯޓްދޭނަމަވެސް އޭނާއަށްވުރެ ވަކި އިތުބާރު ކުރެވޭނެ ފަރާތެއް އެބަހުރިތޯއެވެ.

ކޮމެންޓް
އައިންތު
ރުޤްޔާގެ ރޮނގުން ރާއްޖޭގަ އެންމެ ފުންނާބު އުސް މީހަކީ ތިމީހާއެއް ނޫން
24 Jan 2024
އައިންތު
ދެންކާކު؟
24 Jan 2024
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.