ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބު ކުރެވުނު އައިޝަތު ޝީނާ
ހަބަރު
24 Jan 2024 | 08:44
ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ޝީނާ އިންތިހާބުކޮށްފި

ރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް އައިޝަތު ޝީނާ އިންތިހާބުކޮށްފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ބޭފުޅަކު އައްޔަން ކުރުމަށް ބޭއްވި ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ ވެސް ޝީނާ އެކަންޏެވެ.

އެ އިންތިހާބުގައި ވޯޓުދިން 36 މީހުންގެ ތެރެއިން އެ މަގާމަށް ޝީނާ އިންތިހާބު ކުރަން ފެންނަ ކަމަށް 24 މީހަކު ވޯޓު ދީފައިވެއެވެ. ޖުމުލަ 71 މީހުން ވޯޓުލުމަށް ރެޖިސްޓްރީވެފައިވާ މި އިންތިހާބުގައި 35 މީހުން ވޯޓު ލާފައެއް ނުވެއެވެ.

މިއަދު ބާކައުންސިލުން ބެއްވި މި ބައި އިލެކްޝަނަކީ އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަލީ އަބްދުއްލަތީފް އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ގާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ވޯޓެކެވެ.

މިއަދު ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިހާބުވެ ވަޑައިގެންނެވި ޝީނާއަކީ ގާނޫނީ ދާއިރާއިން ސްރީލަންކާގެ ޔުނިވާސިޓީ އޮފް ލަންޑަން އިންޓަނޭޝަނަލްއިން ބެޗްލާސް ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަންޑަ ސެކްރެޓަރީކަން ވެސް ކުރައްވައިފައެވެ.

ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް އުފައްދާފާއިވާ ކައުންސިލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.