އަމީނީ މަގު-- ފޮޓޯ/ ވޮއިސް
ހަބަރު
24 Jan 2024 | 10:28
އަމީނީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި މައްސަލަތައް ބަލައި، ރަނގަޅުކުރަނީ

އަމީނީމަގުގައި އެއްކޮޅުން އަނެއް ކޮޅަށް ބަލައި، މަގުގައި ހުރި މައްސަލަތައް ރަނގަޅު ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ކުރީ ސަރުކާރުން އަމީނީ މަގުގައި ތާރު އަޅާފައިވާ ސަރަހައްދުގެ ބައެއް ތަންތަނުން ތާރުގަނޑު ނައްޓައިގެން ގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާކޮށް، އެއީ މިފަހުން ތާރު އެޅިތަން ކަމަށް ދޭހަވާ ގޮތަށް ދެއްކި ވާހަކައަށް ރައްދު ދެއްވައި ވަޒީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީ މަގު އިއްޒުންދީން މަގާ ހަމައަށް ކޮށްފައިވާ މަސައްކަތަކީ 17 ނޮވެންބަރުގެ ކުރިން ކޮށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން މިހާރު ދަނީ އަމީނީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި މައްސަލަތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ވަޒީރު މުއްޠަލިބު ވިދާޅުވި އެވެ. 

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. 2023 ވަނަ އަހަރުގެ ކުރީ ކޮޅުގައި ނިންމުމަށް ފެށުނު އެ މަސައްކަތް ދިގުލައިގެން ގޮސް، ދައުރު ނިންމާލި އިރުވެސް މަގުހެދުމުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

އެގޮތުން ދައުރު ނިމުނު އިރު، 2 ސެގުމެންޓުގެ މަސައްކަތް ނުނިމި އޮތް އިރު، މި ސަރުކާރުން އެ މަސައްކަތް އަލުން ފެށީ، ޑިސެންބަރު މަހުގެ 9 ދުވަހުއެވެ. އަދި އެ މަސައްކަތް ނިންމައި މިހާރު ވަނީ މަގު ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.