އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
24 Jan 2024 | 15:07
މިސްކިތްތައް އެޅުމަށް މާލޭގައި ހުރި ބިމުގެ ދަތިކަން ރަސްމާލެ ތަރައްގީވުމުން ހައްލުވާނެ: ޑރ ޝަހީމް

މިސްކިތްތައް އެޅުމަށް މާލޭގައި ބިމުގެ ދަތިތައް އެބަހުރިކަމަށާއި، ރަސްމާލެ ތަރައްގީވުމުން މި މައްސަލައަށް ހައްލު ލިބި އިތުރު މިސްކިތް ތައް އަޅަން ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ހިލޭ އެހީގެ ދަށުން މިސްކިތްތަށް އިމާރާތް ކުރުމަށް އެދޭ ތިން ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ވިދާޅުވީ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކުރުމަކީ ވަރަށް މާތް މަތިވެރި ކަމެއް ކަމަށާއި އެއީ މާތް الله ލޯބިވެވޮޑިގަންނަވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، މާލެ ސަރަހައްދުގައި މިސްކިތެއް އަޅަން ބިމެއް ލިބުނީ ދަތި ކަމެއް ކަމަށާށ ރަސްމާލެ އާއެކު އެކަން ހައްލު ވާނެ ކަމަށް ވިދާޅުވި އެވެ. 

މާލޭ އޭރިޔާއިން މިސްކިތެއް އަޅަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހެޔޮކަމެއް. މިހާރު ބިން ނެތީ ތަންތަނުގައި. އެކަމަކު، ރަސްމާލޭ އާއި މިސަރަހައްދުތައް ހިކި، އަލުން މީހުން އާބާދުވާން ފެށީ ހިސާބުން އަދި އިތުރަށް މިސްކިތް ތައް އަޅަން މީހުން ބޭނުންވާނެ. އެހެންވީމާ އަޅުގަނޑުމެންގެ ދުޢާ އަކީ ވީ އެންމެ އަވަހަކަށް، ތަންތަން ހިކި، މިސްކިތް ތައް ބިނާ ކުރެވި، މިހުރިހާ ކަމެއް ވެގެން ދާނެ ކަމަށް އިންޝާ الله 

ޑރ. ޝަހީމް ޢަލީ ސަޢީދު 

މިއާއެކު ޝަހީމް ވިދާޅުވީ, ރާއްޖޭގައި އަޅާފައިވާ ރީތި ބޮޑެތި މިސްކިތްތަކަކީ އަމިއްލަ ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކުން ކަމަށާއި، އެކަމުން ދައްކުވައިދެނީ އާންމު ފަރުދުންގެ މެދުގައި ދީނީ ކަންތައްތަކަށް އޮތް ލޯބި ކަމަށެވެ. 

އަދި މިފަދަ މަސައްކަތްތައް ކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން އެއަބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޝަހީމް ގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ