އެންސްޕާގެ އޮފީސް
ހަބަރު
24 Jan 2024 | 16:48
އެންސްޕާގެ އޯޑިޓް ރިޕޯރޓް: އެހީ ދޭން ނުޖެހޭ ފަރާތްތަކަށް 18 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވޭ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ އެޖެންސީން  އެހީދޭން ނުޖެހޭ ފަރާތްތަކަކަށް 18 މިލިއަން ރުފިޔާ ވަނީ އިތުރަށް ދޫކޮށްފައެވެ.  

ރިޕޯޓުގައި ވާގޮތުން، 2021 ވަނަ އަހަރުގެ ނިޔަލަށް އެންސްޕާއަށް 18،466،814 ރުފިޔާ އަނބުރާ ލިބެންޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދޭ އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ 10,621,020 ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ތަޕިއުޓިކް އެހީގެ ގޮތުގައި ދޫކޮށްފައިވާ 7,611,500 ރުފިޔާ އާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވާ 234,294 ރުފިޔާއެވެ.

އެންސްޕާގެ އޮޑިޓް ރިޕޯރޓުގައިވާ ގޮތުން އެހީގެ ގޮތުގައި އެކި ފަރާތްތަކަށް އެންސްޕާއިން ދޭ ފައިސާ އިތުރަށް ދެވިފައިވަނީ އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާ ފަރާތްތަކުގެ މައުލޫމާތު އެންސްޕާއާ ފަސޭހަކަމާއި އެކު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުގެ ސަބަބުންނެވެ.

އެންސްޕާއިން އެގޮތަށް އިތުރަށް ޖަމާކުރެވިފައިވާ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެ އެޖެންސީގައި ރިކަވަރީ ޔުނިޓެއް ގާއިމްކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ޔުނިޓުގައި މަސައްކަތް ކުރަނީ އެންމެ މުވައްޒަފެއް ކަމަށްވުމުން ރިކަވަރީގެ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންވާ ގޮތަށް އަދި އަވަސްމިނުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށް އެ އެޖެންސީން ބުނެފައިވާ ކަމަށެވެ.

އެސްޕާގެ އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި  އޮގަސްޓު 16، 2023 ގެ ނިޔަލަށް އެއިން އެއްވެސް ފައިސާއެއް އެސްޕާއަށް ހޯދިފައެއް ވެސް ނުވެއެވެ. އެހެންކަމުން، އެންސްޕާއިން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފައިސާ ހޯދުމަށް ޤަވާއިދުގައި ބަޔާންކޮށްފައިވާ މަސައްކަތް ކޮށްފައިނުވާކަމަށް ވެސް އެސްޕާގެ އޮޑިޓުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.