ހޯލްޑިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
24 Jan 2024 | 21:40
ހުޅުމާލެ ޖަލުގައި 40 މީހުންގެ ޖާގައިގެ ހޯލްޑިން ޔުނިޓެއް ޤާއިމުކުރަނީ

ސަރުކާރުގެ ފަރާތުން ޖަލުތައް ބަލަހައްޓާ މައި ޢިދާރާ ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގާ ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މީހުންގެ ޖާގައިގެ ހޯލްޑިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

މި ހޯލްޑިން ޔުނިޓްގެ ބިންގާ އަޅުއްވާ ދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން މަޢުލުމާތު ދެއްވި ގޮތުގައި ހުޅުމާލޭ ޖަލުގައި ހޯލްޑިން ޔުނިޓް ޤާއިމްކުރުމުގެ މަޤްޞަދަކީ ހުޅުމާލޭ ޖަލުގައި ތިބި ޤައިދީންނަށް ދެވޭ ޙިދުމަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަލަށް ޖަލަށް ގެންނަ ޤައިދީންނާއި ބަންދު މީހުން ޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. ހަމަ އެއާއި އެކު އެކި ބޭނުންތަކަށް މާލެ ގެންނަ ޤައިދީންނާއި ބަންދުމީހުން ގެންނަ ބޭނުން ނިމި، އަނބުރާ އެޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް މި ޔުނިޓްގެ ބޭނުމެއްކަމަށް ކަރެކްޝަނުން ބުނެއެވެ.

މީގެ ކުރިން ޓްރާންސިޓްކޮށް ގެންނަ ޤައިދީންނާއި ބަންދުމީހުން ބައިތިއްބަނީ މާލޭ ޖަލުގައި ނަމަވެސް، މި މަހުގެ 7 ވަނަ ދުވަހު މާލޭ ޖަލު ވަނީ ބަންދުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި އަލަށް ޤާއިމްކުރެވޭ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ އިތުރުން، މުސްތަޤްބަލްގައި އެ އިމާރާތުގައި އިތުރު ބައިތައް ޤާއިމްކޮށް، 77 މީހުންގެ ބޭތިއްބޭވަރަށް އިމާރާތް ބޮޑުކުރެވިގެން ދާނެއެވެ.

ކަރެކްޝަން ސާރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު މި ބިންގާ އެޅުނު ހޯލްޑިން ޔުނިޓްގެ މަސައްކަތް 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅުކޮށް ޤައިދީންނަށް ދޭން ޖެހޭ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.