ރައީސް ޑރ.މުަހައްމަދު މުއިއްޒު އަދި އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަޙީމް
ހަބަރު
24 Jan 2024 | 21:14
މިވީ ކުޑަދުވަސްކޮޅު ރައީސް ކުރެއްވި މަސައްކަތްޕުޅު ރަން އަކުރުން ލިޔުން ހައްޤު: ޑރ.ޝަހީމް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވީ ކުރު މުއްދަތުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅު ރަން އަކުރުން ލިޔުން ޙައްޤުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ.ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރަޓްސް ޕާޓީ ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކޮށް، ސަރުކާރު "ހަންމަތަ ކުރާން" ނިންމިކަން އިއުލާން ކުރުމާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝަޙީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ދިމިޤުރާޠީ އުޞޫލުތަކާއި އެއްގޮތަށް ރައްޔިތުން އިންތިޙާބު ކުރި ސަރުކާރަށް ޤައުމު ހިންގަން ފުރުޞަތެއް ދޭންޖެހޭނެ ކަމަށެވެ. 

އަދި އެތައް ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަމުން، ޒާތީ ބަދަލުހިފުމުން ޤައުމު ސަލާމަތްކޮށް، ޞުލްޙަވެރިކަމާއި އަމާންކަމާއެކު ބޯހިޔާ ވަހިކަމަށް ދާއިމީ ޙައްލު ހޯދައިދެއްވާފައި ވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅު ރަން އަކުރުން ލިޔުން ޙައްޤުކަމަށެވެ.

"ދިމިޤުރާޠީ އުޞޫލުތަކާއި އެއްގޮތަށް ރައްޔިތުން އިންތިޚާބު ކުރި ސަރުކާރަށް ޤައުމު ހިންގަން ފުރުޞަތެއް ދޭންޖެހޭނެ. އެތައް ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަމުން، ޒާތީ ބަދަލުހިފުމުން ޤައުމު ސަލާމަތްކޮށް، ޞުލްޙަވެރިކަމާއި އަމާންކަމާއެކު ބޯހިޔާ ވަހިކަމަށް ދާއިމީ ޙައްލު ހޯދައިދެއްވައި ޒަމާނީ ތަރައްޤީގެ އާ ހަރުފަތްތަކަށް ޤައުމު ވާޞިލުކުރުމަށް ރައީސް ޑރ މުއިއްޒު މި ވީ ކުޑަ މުއްދަތުގައި ކުރެއްވި މަސައްކަތްޕުޅުތަކަކީ ރަން އަކުރުން ލިޔަން ޙައްޤު މަސައްކަތްތަކެއް." ޑރ. ޝަޙީމުގެ އެކްސް ޕޯސްޓް މެސެޖުގައި ވިދާޅުވެފައި ވެއެވެ.

މިއަދު ހަވީރު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި އެ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި، ޙާއްޞަކޮށް މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

"މި ސަރުކާރު ހަންމަތަ ކުރުމާއި، ޖަވާބުދާރީ ކުރުވުމާއި، މިގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސްގެ ތެރެއިން ގެނައުމަށް، މަޖިލިސްގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް (ނިންމީ)." މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް
އިއްބެ
ވަޔައްއުޅުނަސްއެމީހަކަށްކިޔޭއެއްޗެއްއެމީހަކަށްއެނގެންޖެހޭ
24 Jan 2024
ހަނދު
ދިމިޤްރާތީ އުޞޫލުން ރައްޔިތުންގެ ތާއީދާއެކު ވެރިކަމަށް އައި ސަރުކާރު 7 ފެބުރުއަރީ 2012 ގައި ބަގާވާތަކުން ވައްޓާލިއިރު ތިބުނާ ދިމިޤުރާތު އޮތީ ފައިދަށުގަ ދެއްތޮ؟
24 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.