ޕީއެންސީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
25 Jan 2024 | 16:10
"ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތު، އެމްޑީޕީއާ ޑިމޮކްރެޓްސް އަށް ކަމުނުދިޔައީ، ވަކި ގައުމަކަށްގޮސް ހުސްނުވީމަ"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު، އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް އަށް ކަމުނުދިޔައީ، މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަކި ގައުމަކަށްގޮސް ހުސްނުވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަން ނިންމައި އެކަން އިއުލާން ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމު ނުދާ ކަމަށް އެ ދެޕާޓީން ބުނުމާއި ގުޅިގެންނެވެ. 

އެގޮތުން ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތުމާއިއެކު، ހުރިހާ ގައުމަކާއެކުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފުރަތަަމަ ދުވަހުވެސް، ދެއްވާފައިވާ ކަމަށެވެ. 

އަދި، އެމްޑީޕީ ސަރުކާރު އިންޑިޔާއަށް ލެނބިފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވި އިރު، އެ ބޭފުޅުންނަށް މިސަރުކާރުގެ ސިޔާސަތު ކަމު ނުދާނީ އެފަދައިން ވަކި ގައުމަކަށް ހުސް ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަކި ގައުމަކަށް ބަރޯސާ ވުމެއް ނެތި ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނަމޭ. އެއީ ދިވެހި ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތް. ދިވެހިރާއްޖެ އަބަދުވެސް ދެމިއޮތީ މެދުމިނު ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި. އެބޭފުޅުންނަށް (އެމްޑީޕީ އާއި ޑިމޮކްރެޓްސް އަށް) ކަމުނުގޮސްގެން އެ އުޅެނީ ފަހަރެއްގައި ވެދާނެ، ވަކި ގައުމަކަށްގޮސް، ދިވެހިރާއްޖެ ހުސްވާގޮތަށް ޑރ މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ނުކުރީމާ.

އަބްދުއްރަހީމް އަބްދުالله 

އަދުރޭ ވިދާޅުވީ ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ގެންގުޅުއްވަނީ، އަވަށްޓެރި ގައުމުތަކާއި އެކު، އެ ގައުމުތަކާއިއެކު ބާއްވަންޖެހޭ ގުޅުން ބާއްވަވައިގެން ކަމަށެވެ. 

"އަދި އެއަށްވުރެ ދުރުގައި ތިއްބެވި ބޭފުޅުންނާއި އެކުގައިވެސް ހަމަ އެ ގުޅުން ބާއްވަމުން. ރާއްޖެއަށް އެންމެ ހެޔޮއެދޭ ބޭފުޅުންނާއިއެކު އެންމެ ގާތް ގުޅުމެއް ބާއްވަމުން. ދިވެހިރައްޔިތުންނަށް ލާބައާއި މަންފާ ކުރުވަނިވި ގޮތަށް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. ރައީސް މުޢިއްޒުގެ ސިޔާސަތަކީ. އެގޮތް، އެބޭފުޅުންނަށް (އެމްޑީޕީ/ޑިމޮކްރެޓްސް) އަށް ކަމުނުދަނީ ކަމަށް ވެދާނެ."

އަބްދުއްރަހީމް އަބްދުالله 

މީގެ އިތުރުންވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ، އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ ދަ ޑިމޮކްރެޓްސް އަށް އޭރު އެމްޑީޕީގެ ސިޔާސަތެއް ކަމަކު ނުދިޔަ ކަމަށާއި ވެރިކަން ބަދަލުކުރަން ނުކުތީ އެހެންވެ ކަމަށެވެ. އޭރު ރައީސް ޑރ.މުއިއްޒު ގެންގުޅުއްވާ ސިޔާސަތު ވަރަށް ރަނގަޅުކަމަށް ބުނި ކަމަށާއި އެމަނިކުފާނުގެ ސިޔާސަތާއި ޕީޕީއެމް ޕީއެންސީގެ ސަރުކާރު ކަމުނުދިޔައީ އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ނުވަތަ ބޭނުންފުޅުވާ ކަމެއް ހާސިލު ނުވީމާ ކަމަށެވެ.

"މިއަދު އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ނުވަތަ ބޭނުންފުޅުވާ ކަމެއް ހާސިލު ނުވީމާ ޑރ.މުއިއްޒުގެ ސިޔާސަތު ކަމުނުދިޔައީ. ޕީޕީއެމް ޕީއެންސީގެ ސަރުކާރު ކަމުނުދިޔައީ. އަލުން އަނބުރާ ގޮސް ހަމަ މިއިށީނީ އޭރުގައި ކަމުނުދިޔަ ސިޔާސަތު ގެންގުޅުނު މޭޒުގައި. އެހެންވީމަ އެބަ އެނގޭނޫންތޯ ރައްޔިތުންނަށް މިދައްކާ ވާހަކައިގެ ދެކޮޅު ދިމާނުވާކަން." އަދުރޭ ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.