މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ
ހަބަރު
25 Jan 2024 | 16:55
ސަރުކާރު މަތިބަރެއް ނޫން؛ ސިޔާސީ މަގާމުތަކުގެ އަދަދު 500 އަށްވެސް ނާރާ: އަބްދުއްރަހީމް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު މަތިބަރޭކިޔައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސްގެ ޙާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސްގެ ވާޖިބުތަކާއި މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ބޭނުންވެލައްވާ މަޤާމުތަކަށް މީހުން އައްޔަން ކުރުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސް އަށް ލިބިވަޑައިގެންވާ އިޚުތިޔާރެއް ކަމަށާއި އެކަން ކުރައްވަމުން ގެންދަވަނީ ޤާނޫނާއި އެއްގޮތަށް ކަމަށެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ އެމްޑީޕީގެ ބޭފުޅުން ވެރިކަމުގައި ތިއްބަވައިގެން، އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަންގަވައިގެން ތިބެ 1،200 އާއި 1،400 އާއި ދެމެދުގެ އަދަދަކަށް މަޤާމުތައް އިތުރު ކޮށްގެން ކުރެއްވީ ކޮން ކަމެއްތޯ ސުވާލުކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ސިޔާސީ ވަޒީފާތައް 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށާއި އަދި މިހާތަނަށް ސިޔާސީ މަޤަމުތަކުގެ އަދަދު 500 އަށްވެސް ނާރާނެކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސް ވިދާޅުވީ، 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް. އަދި މިހާތަނަށް އައިއިރު އެހިސާބާއި ކައިރިވެސް ނުވޭ. އެ ބޭކާރު ވާހަކަ އެ ދައްކަނީ." މިއަދުގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރުން ވަޒީފާތަކަށް އައްޔަންކުރާ ފަރާތްތައް މަޤާމްތަކަށް އައްޔަށް ކުރައްވަނީ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލަން ނޫންކަމަށާއި، ޑރ. މުހައްމަދު މުއިއްޒު ދިވެހިރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރައްވަން މިއުޅެނީ. އެއްގޮތަކަށް ވެސް ބޭކާރު ކަންކަންކޮށް ވަގުތު ހޭދަ ކުރާކަށް ނޫން. އެހެންކަމުން އިދިކޮޅުން އެ ދައްކަނީ ބޭކާރު ވާހަކައެއް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވާއިރު މިސަރުކާރުގައި ސްޓޭޓު މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ގިނަކަމަށް ބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.