އަހްމަދު މަހްލުފް
ހަބަރު
25 Jan 2024 | 21:38
ރައީސުލްޖުމްހޫރިއްޔާ އަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއްކަމަކަށް ނުދެކެން: މަހުލޫފް

ރައީސުލްޖުމްހޫރިއްޔާ އަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއްކަމަށް ދެކެ ވަޑައި ނުގަންނަވާ ކަމަށް ނިމިދިޔަ ސަރުކާރުގެ ޔޫތު އެންޑު ސްޕޯރޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން މަހްލޫފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އާއި މ. ދިމްޔާތުގައި ބައްދަލު ކުރި ކަމަށް ބުނެ ފަތުރާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

" އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އާއި މ. ދިމްޔާތުގައި ބައްދަލުކުރިކަމަށްބުނެ ފަތުރާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް " މަޙްލޫފް އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން މަޙްލޫފުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމުހުރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ސިއްރުން ބައްދަލުކުރަން ޖެހޭ ފަރާތެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއްކަމަށް އަޅުގަނޑު ނުދެކެން." މަޙްލޫފުގެ ޕޯސްޓް ނިންމާލަމުން ވިދާޅުވެފައި ވެއެވެ.

ކުރީގެ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް މިފަދައިން ވިދާޅުވެފައި ވާއިރު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ޤައުމަށް އަމާޒުކޮށް މީސް މީޑިއާގައި މަލާމާތްކޮށް ބަދު ބަސް ވިދާޅުވި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރުމުގެ ވާހަކަތައް މީގެކުރިން ދެކެވުނެވެ.

އެކަމާއި ގުޅިގެން ވެސް މަހްލޫފް ވަނީ ރައްޔިތުން އިންތިހާބުކޮށްފައި އޮތް ސަރުކާރެއް ގަދަބާރުން ވައްޓާލުމާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކެމްޕެއިން ތެރޭގައި މިސަރުކާރަށް އަމާޒުކޮށް ދެއްކެވި ބައެއް ވާހަކަތަކަށްވެސް މަޙްލޫފު ވަނީ ރައްދު ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.