މިނިސްޓަރ ޝަހީމް މިރޭގެ ފޯރަމުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
25 Jan 2024 | 21:22
މިސަރުކާރު ވެރިކަމާއި ހަވާލުވި އިރު އިސްލާމިކް މިނިސްޓްރީގައި އެކަނި 27 މިލިޔަން ރުފިޔާގެ ދަރަނި އޮތް!

މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު އިސްލާމިކު މިނިސްޓްރީގައި އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަޙީމް ޢަލީ ސައީދު ވިދާޅު ވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިސަރުކާރުން އަލަށް ފެށި މިނިސްޓަރުންގެ ޕަބުލިކް ފޯރަމް "އަހާ" ފެށުމުގެ ގޮތުން އެ މިނިސްޓްރީން ކުރައްވާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ

ޑރ. ޝަހީމް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު މިހާރު 27 މިއަން ރުފިޔާ ދައްކާ ރާއްޖޭގައި ހުއްޓިފައިވާ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ފެށި އަނެއްބައި މަޝްރޫޢުތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.  

"ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވި އިރު އިސްލާމިކް މިނިސްޓްރީ އެކަނި 27 މިލިޔަން ރުފިޔާގެ ދަރަނި އޮތް ، ރައީސްގެ ވެރިކަމުގެ ފުރަތަމަ ދެހަފްތާގެ ތެރޭގައި މި ދަރަނި ފިލުވާލުމަށްޓަކައި ވަނީ ފައިސާ ހަމަޖައްސަވައި ދެއްވާފަ، މިހާރު މިވަނީ އެދަރަނި އެއްކޮށް ފިލުވާލެވިފައި " 

ޑރ.ޝަހީމް ޢަލީ ސަޢީދު 

މީގެ އިތުރުންވެސް މިހާރު ކުރިއަށްދާ މިނިސްޓަރުންގެ ޕަބުލިކް ފޯރަމް ފެށުމުގެ ގޮތުން ދެއްވި ސްޓޭޓް މަންޓްގައި ޝަޙީމް އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިރު އެއްވެސް ކަމެއް ނުކުރެވި ވީރާނާވަމުން ދިޔަ އިސްލާމީ މަރުކަޒުތައް މިހާރުވަނީ ޢިލްމީ މަރުކަޒުތަކަކަށް ބަދަލުކުރެވިފައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.