ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ހަބަރު
26 Jan 2024 | 08:13
އިތުރުފުޅު ހައްދަވަނީ ރައީސް ސާލިހްތަ ނޫނީ ރައީސް މުޢިއްޒުތަ؟

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ތެރޭގައި އެންމެ ބޮޑު ބަހުސަކަށް ވެފައި އޮތް ރާއްޖޭގައި ތިބި ކަމަށް ބުނަމުންދިޔަ އިންޑިއާ ސިފައިންގެ މައްސަލައިގެ ހައްސާސުކަން މިއަދު އެބަ ވަޒަން ކުރެވެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނާ ކޮންމެ ފަހަރަކު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި އެމަނިކުފާނުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އެވާހަކަތައް ދޮގު ކުރެއްވިއެވެ. މިއަދުވެސް މިބޭފުޅުންގެ ވާހަކަތައް ހުރީ އެގޮތަށެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ދޮގުވެރިއެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވަން އެ ވިދާޅުވަނީ އިންޑިއާ ސިފައިން ކޮބައިހެއްޔެވެ. ހުސްދޮގެވެ. ވެރިކަމަށް ވަޑައިގަތީ އެ ދޮގު ވިއްކައިގެންނެވެ. އެބޭފުޅުންގެ ވާހަކަ ގަބޫލު ކުރާ އެމްޑީޕިއަނުންވެސް ކުރާ ސުވާލަކީ އިންޑިއާ ސިފައިން ކޮބައިހެއްޔެވެ. މުއިއްޒަކީ ދޮގުވެރިއެކެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށް ޚުދު އިންޑިއާ ސަރުކާރުން އެބަ އިއުތިރާފްވެއެވެ. އިންޑިއާގެ ނޫސްތަކުން އެވާހަކަތައް އެބަ ކަށަވަރުކޮށްދެއެވެ. ސިފައިން ބޭލުމުގެ ވާހަކަތައް ދެގައުމުގެ ދެމެދުގައި ރަސްމީކޮށް އެއޮތް ހިނގަމުންދަނީއެވެ. އިންޑިއާގެ ނޫސްތަކުގައި އެގައުމުގެ ނޭވީ ޗީފް އާރް. ހަރީ ކުމާރު ވިދާޅުވިކަމަށް އިއްޔެ ލިޔެފައި އޮތީ ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނީ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ސަރުކާރުން އެކަންކުރަން ބުނެފިއްޔާއެވެ. އެހެންނޫނީ ދިވެހިރާއްޖެއިން ސިފައިން ބޭލުމުގެ ވިސްނުމެއް ނެތެވެ.  ދެގައުމުން ގަބޫލުކުރާގޮތުގައި އިންޑިއާގެ 88 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.

މިހާވަރަށް އިންޑިއާ ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނާއިރުވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ވާހަކަފުޅަކީ އިންޑިއާ ސިފައިން ކޮބައިހެއްޔެވެ. ހުސް ދޮގެވެ. އެމްޑީޕިއަނުން މަލާމާތުގެ ބަހުރުވައިން މިބުނަނީ އިންޑިއާ ސިފައިން ކޮބައިހެއްޔެވެ. ރައީސް ސާލިހާއި އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ވިދާޅުވާ ވެރިން ހުއްޖަތަކަށް ދައްކަވަނީ އިންޑިއާގެ އަސްކަރީ ޔުނިފޯމްގައި މިލިޓަރީ ބޫޓުގައި ހަތިޔާރު އަޅައިގެން ހުރި ސިފައިންގެ މީހަކު މާލެ މަގެއްގެ މަތިން ނުދެއްކޭނެ ކަމެވެ. ސިފައިން ތިބިކަމަށް ބަލާނީ އެގޮތަށް އިންޑިއާ ސިފައިން ރާއްޖޭގެ މަގުތަކުން ފެންނަންޏާއެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއިމެދު ހިނގަމުންދާ ބަހުސްގައި ދޮގު ހަދަނީ ކާކުކަމެއް އަދިވެސް ނޭނގެއެވެ. ރައްޔިތުންގެ އެއްބަޔަކު ގަބޫލު ކުރެއެވެ. އަނެއް ބަޔަކު ގަބޫލެއް ނުކުރެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ރައީސްކަމުގެ ﷲ ގަންދީ ކުރެއްވި ހުވާގެ މަތީގައި ހުންނަވައި ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށެވެ. ސޯލިހްގެ ވެރިކަމުގައި ހުންނެވި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުވެސް މިހެން ވިދާޅުވެފައި ވެއެވެ. ނުވިތާކަށް ސިފައިންގެ އިސް ޖެނެރަލުން ލައްވައިވެސް މިވާހަކަ ދައްކުވާފައި ވެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ވިދާޅުވެ ރައީސް ސާލިހް ވިދާޅުވީ ތެދުކަމަށް ވަންޏާ އިންޑިއާ ސަރުކާރުން ދޮގުހަދަނީ އެވެ. ކޮންމެ ދުވަހަކު ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން އުޅޭކަމަށް ވާހަކަ ދައްކާ އިންޑިއާގެ މީޑިއާތަކުން ހަދަނީ ދޮގެވެ. ރައީސް މުއިއްޒު އިތުރުފުޅު ހައްދަވަނީ އެވެ.

އިންޑިއާ ސިފައިންގެ ދެ މީހުން ތިބުމެކޭ 88 ސިފައިން ތިބުމެކޭ 2000 ސިފައިން ތިބުމެކޭ އަދަދުގެ ތަފާތެއްގެ މައްސަލައަކީ ކޮބައިހެއްޔެވެ. ދެމީހުންނަކީވެސް ހަމަ ސިފައިންނެވެ. 88 މީހުން ތިއްބަސް ސިފައިންނެވެ. 2000 ސިފައިން ތިއްބަސް ސިފައިންނެވެ. ރައީސް ސާލިހް ވިދާޅުވަނީ ޔުނިފޯމް އެޅި ސިފައިން ނެތްކަމަށެވެ. ޔުނިފޯމް އެޅިޔަސް ނޭޅިޔަސް ސިފައިން ވެއްޖިއްޔާ ވާނީ ހަމަ ސިފައިންނަށެވެ.

މިހާރުދެން ކޮމިޝަނެއް އުފައްދަވައިގެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ރައީސް ޑޮކްޓަރ މުއިއްޒު ކުރެ އިތުރުފުޅު ހައްދަވަނީ ކޮން ރައީސެއްތޯ ބަލަން ޖެހިއްޖެއެވެ. ދޮގުހައްދަވާ ރައީސެއް ދިވެހިރައްޔިތުންނަށް އެނގެން އެބަބޭނުންވެއެވެ. މި ޑިބޭޓް އެހެން ނޫނީ ނުހުއްޓޭނެވެ.

އަހަރެމެންނަށް ނޭނގިގެން އުޅޭ ކަމަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ހެލިކޮޕްޓަރާއި ޑޯނިއަރ ދުއްވުން ހުއްޓާލަން ދިވެހި ސަރުކާރުން ބޭނުންވީމާ ހުއްޓާ ނުލައި ދުއްވަދުއްވައި ތިބެން އިންޑިއާ ސަރުކާރުން ބޭނުންވާ ސަބަބެވެ. ޔާމީންގެ ވެރިކަމުގައި ދެވަނަ ހެލިކޮޕްޓަރު ބޭނުން ނޫންކަން ހާމަކުރީމާވެސް ގަދަކަމުން ނަމަވެސް ދިވެހިރާއްޖެއަށް ދޭން އެހާވަރަކުން ގަދައަޅާ ސަބަބެކެވެ.

މައްސަލައިގެ ހައްސާސްކަން ބޮޑީ ރާއްޖޭގައި ތިބި ކަމަށް އިންޑިއާ ސަރުކާރުން އިއުތިރާފްވާ ސިފައިން ބާލަން އިންޑިއާ ސަރުކާރުން ބޭނުން ނުވެ އިންޑިއާގެ މީޑިއާތައް ވައްދައިގެން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުންނެވެ. އަހަރެމެންގެ ގައުމުގައި އަހަރެމެންގެ އާރެއް ބާރެއް ނެތްކަން ދައްކުވައިދޭތީއެވެ.

ކޮމެންޓް
ޢައިޝް
ޏުޖެހޭ އެންމެ އިންޑިޔާސިފައިންގެ މީހަކުވެސް ތިބޭކަށް...ހެވޭ ޔުނިފޯރމް ލައިގެން ނެތަސް...ހަނިމާދޫގައި އެއުޅެ
26 Jan 2024
ޢައިޝް
ޏުޖެހޭ އެންމެ އިންޑިޔާސިފައިންގެ މީހަކުވެސް ތިބޭކަށް...ހެވޭ ޔުނިފޯރމް ލައިގެން ނެތަސް...ހަނިމާދޫގައި އެއުޅެނީ ކޯންޗެއްލައިގެން؟؟؟ހެވޭ ބަދިގޭގައި ތަށިދޮންނަ..
26 Jan 2024
ޢަލީ
ހަޤީގަތުގައި އިންޑިޔާ ސިފައިން ތިބި އަދަދެއް ނޭނގެއެވެ. އެމީހުން ރާއްޖެ އަންނަނީ އިމިގްރޭޝަނުގެ ރެކޯޑްގެ ތެރެއަށް ވަދެގެން ނޫނެވެ. އަންނަވަރެއް ދާވަރެއް ނޭނގެއެވެ. އެމީހުން ބޭނުން އިރެއްގައި ޖައްސައި ފުރައިގެންދަނީއެވެ.
26 Jan 2024
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.