ލިވަޕޫލުގެ ކޯޗް ޔާގަން ކްލޮޕް
ކުޅިވަރު
27 Jan 2024 | 16:38
ލިވަޕޫލުގެ އެންމެ ކާމިޔާބު ކޯޗް، ކްލޮޕް އެޓީމު ދޫކޮށްލަނީ

ލިވަޕޫލުގެ މުޅި ތާރީޙުގައިވެސް އެޓީމަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދައިދިން ކޯޗު، ޔާގަން ކްލޮޕް މިސީޒަނަށް ފަހު އެޓީމު ދޫކޮށްލާކަން އިޢުލާނު ކޮށްފިއެވެ.

ޖަރުމަނަށް އުފަން ކްލޮޕްއަކީ ލިވަޕޫލްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗުކަން ތަފާސްހިސާބުތަކުން ދައްކާއިރު، އޭނާގެ ބެލުމުގެ ދަށުން މިހާތަނަށް 466 މެޗު ކުޅުނު އިރު 283 މެޗުން ވަނީ މޮޅުވެފައެވެ. އޭގެ މާނައަކީ ކާމިޔާބުގެ ނިސްބަތަކީ %60.73 އިންސައްތައެވެ. މިއީ މިހާތަނަށް އެޓީމާއި ހަވާލުވެފައިވާ އެއްވެސް ކޯޗަކަށް ހާސިލްކުރެވިފައިވާ ކާމިޔާބީއެއް ނޫނެވެ.

ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ކްލޮޕް 2015ގައި ލިވަޕޫލްއާ ހަވާލުވުމަށް ފަހު ބޮޑު ބަދަލެއް ގެނެސް، އެންމެ ގިނަ މެޗުން މޮޅުވި އެއް ކޯޗުގެ ގޮތުގައި ހުރި އިރު ، ކްލޮޕުގެ ނިންމުން މި އައީ ކުއްލިއަކަށެވެ. ލިވަޕޫލްއާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓްގެ މުއްދަތު ވެސް ހަމަވާނީ 2026 އަށެވެ. އެ ކޮންޓްރެކްގައި ސޮއިކުރި އިރު އޭނާ ބުނެފައި އޮތީ އެ މުއްދަތު ހަމަވަންދެން ކްލަބްގައި ހުންނާނެ ކަމާ މެދު "%100 އިންސައްތަ ޔަގީން" ކަމަށެވެ.

"އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވިއްޖެ. އަހަންނަށް އެނގޭ އަހަންނަށް ލިބެން ހުރީ ނިމުމެއް ނެތް އެއްޗެހި ނޫންކަން. އެހެންވެ އެ ހުރިހާ އެއްޗެއް މި ސީޒަނަށް އެއްކޮށްލާފައި ދެން ބްރޭކެއް ނަގާނީ، ނުވަތަ މިކަން މުޅިން ހުއްޓާލާނީ، ނުވަތަ ކޮންމެވެސް އެހެން ގޮތެއް،" ކްލޮޕުގެ ނިންމުމާއި ގުޅޭގޮތުން އޭނަ ބުންޏެވެ.  

މީގެ އިތުރުން ކުލޮޕް ބުނެފައި ވަނީ ކްލަބްގެ ހުރިހާކަމެއް ވެސް ވަރަށް ފުރިހަމަކަމަށާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން ޓީމުގެ މުއައްޒަފުންނާއި ދޭތެރޭ ހިތްމަޖެހޭކަމަށެވެ.

"އަހަންނަށް ޔަގީން މިއީ ހަމަ ރަނގަޅު ނިންމުމެއްކަން. މިއީ އެހާ ފަސޭހަކޮށް އަހަރެން ނަގާނެ ކަންކަމެއް ވެސް ނޫން." ލިވަޕޫލް ދޫކޮށްލުމާއި ގުޅޭ ގޮތުން ކުލޮޕް ބުންޏެވެ.

ލިވަޕޫލަށް 30 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން 2019-2020 ސީޒަންގައި ހޯދައިދިނުމުގެ އިތުރުން ކްލޮޕް ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ވެސް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މިދިޔަ ސީޒަންގައި އެއްވެސް ތަށްޓެއް ނުލިބި ތާވަލުގެ ފަސް ވަނާގައި އޮވެ ސީޒަން ނިންމާލި ނަމަވެސް ލިވަޕޫލް މި ސީޒަންގައި ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މި ވަގުތު ލިވަޕޫލް އޮތީ ޕްރިމިއަރ ލީގުގެ ތާވަލްގެ އެއް ވަނައިގައެވެ. އަދި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދިއުމުގެ އިތުރުން ލީގު ކަޕްގެ ފައިނަލުން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.

ލިވަޕޫލް ދޫކޮށްލަށް ނިންމަމުން ކްލޮޕް ބުނީ އެނާއަށް ކުރިމަގުގައި ކަންތައްތައް ވެގެން ދާނެ ގޮތް ނޭނގޭ ކަމަށާއި އެކަމަކު ޔަޤީންވާ އެއްކަމެއް އެބައޮތް ކަމަށެވެ. އެގޮތުން ކުލޮޕް ދިން ޔަޤީން ކަމަކީ އޭނާ ދެން އިނގިރޭސި ޓީމަކާއި ހަވާލު ނުވާނެކަމުގެ ޔަޤީން ކަމެވެ.

"އެކަމަށް އަހަންނަށް ހުވާކުރެވިދާނެ. އަހަރެން ކާނެ އެއްޗެއް ނެތަސް ދެން އެކަމެއް ނުވާނެ،" ވަރަށް ޔަޤީންކަމާއި އެކު ކްލޮޕް ބުންޏެވެ.

ކުލޮޕް 2015 ވަނަ އަހަރު، ލިވަޕޫލާއި ހާލުވެ މިވީ މުއްދަތުގެ ތެރޭގައި އޭނާވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން  އެފްއޭ ކަޕް އަދި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ހަމަ އެއާއި އެކު ކުލަބު ވޯލްޑްކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.