ވ.ރަކީދޫ ކައުންސިލްް ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަބްދުއްރައްޒާގް އާދަމް
ހަބަރު
27 Jan 2024 | 19:23
އެމްޑީޕީ އާއި ވާދަކޮށް ރަކީދޫ ކައުންސިލްގެ ގޮނޑި ޕީއެންސީންއަށް

އިދިކޮޅު އެންމެ ބޮޑުޕާރޓީ އެމްޑީޕީ އާއި ވާދަކޮށް ވ.ރަކީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި މިހާރު ވެރިކަން ކުރާ މައިޕާރޓީ ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވުނު މި ބައި އިލެކްޝަން ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަބްދުއްރައްޒާގް އާދަމެވެ. އޭނާއާ ވާދަކޮށްފައިވަނީ އިދިކޮޅު މައި ޕާރޓީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް ސާމީއެވެ.

މި ބައި އިލެކްޝަންގައި އެރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިގެން މާލޭގައި ބެހެއްޓުނު ވޯޓުފޮއްޓަށް ވޯޓުލުމުގެ ހައްގު 96 މީހަކަށް ލިބިފައިވާއިރު ޕީޕީއެމް/ޕީއެންސި ހިމެނޭ ކޮންގްރެންސް ކޯލިޝަން ކެންޑިޑޭޓު އަބްދުއްރައްޒާގް އާދަމަށް 57 ވޯޓް ލިބިފައިވާއިރު ، އެމްޑީޕީ ކެންޑީޑޭޓް އާދަމް ސާމީއަށް ލިބިފައިވަނީ 36 ވޯޓެވެ. އަދި 3 ވޯޓް ބާތިލުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.

ރަކީދޫ ކައުންސިލްގެ ގޮޑި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފައި ވާއިރު އަންނަ މަހުގެ 24ގައި ބެއްވުމަށް ހަމަޖެހިފައިވާ ހއ. ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެނުންނަށް ޚާއްސަ ގޮނޑިވެސް ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ހއ. ތަކަންދޫ، ޑޭޒީމާގެ ފަހީމާ މުޙައްމަދަށް ކާމިޔާބު ވެއްޖެކަމަށް އީސީން ވަނީ އިއުލާން ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެ ގޮނޑިއަށް ކުރިމަތިލެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ހއ. ތަކަންދޫ، ޑޭޒީމާގެ ފަހީމާ މުޙައްމަދު އެކަނިކަމަށް ވުމުން، ތަކަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ފަހީމާ އިންތިހާބުވެފައިވާކަމަށެވެ.

މިފަހަކަށް އައިސް މިގޮތަށް ބޭއްވޭ ގިނަ ބައި އިލެކްޝަންތައް ކާމިޔާބު ކުރަމުން އަންނަނީ ސަރުކާރުހިންގާ ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޮންގްރެސް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.