މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް-- ފޮޓޯ/ މަޖިލިސް
ހަބަރު
28 Jan 2024 | 10:35
ކޮމިޓީން ދިރާސާ ކުރުމަށްފަހު، ވަޒީރުންނަށް ރުހުންދޭން ނިންމުމުން، މަޖިލީހުން އެކަން ކުރަންޖެހޭނެ: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ސަރުކާރުގެ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި، އެ ވަޒީރުންނަށް ރުހުން ދިނުމަށް ނިންމުމުން، މަޖިލީހުގެ ތަޅުމުން އެ ވަޒީރުންނަށް ރުހުން ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުން، މަޖިލިސް ދައުރު ނިމުނު އިރުވެސް ކުރިއަށް ނުގެންދެވިފައި ވާއިރު، މިއަދު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ކުރުން ވަނީ ފަށާފައެވެ. 

އެގޮތުން، ރުހުން ދިނުމާއި ގުޅޭގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ، ގާނޫނު އަސާސީގައި ވަޒީރުންގެ ކިބާގައި ހުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމުން، އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭން ޖެހޭ ކަމަށެވެ. 

މި މަޖިލީހުން، އެކަމާއި ގުޅުން ހުރި ކޮމިޓީން، އެކަން ބަލައި ދިރާސާކޮށް ހެދުމަށް ފަހުގައި، ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި، ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ކަމަށް ކަނޑައަޅާ، ކޮމިޓީން އެ އޮތީ ހުރިހާ ބޭފުޅުންނަށްވެސް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ނިންމާފައި. އަޅުގަނޑު ދެކޭގޮތުގައި، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމާފައި އޮތް ނިންމުމަކީ ރަނގަޅު ނިންމުމެއް. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވާ ނަންތައް ގާނޫނު އަސާސީއާ ތަޢާރުޒު ނުވާ ކަމަށް ވަންޏާ، އެންމެ ފުރަތަމަ މި ހުށަހެޅި ކެވިނެޓަށް އަޅުގަނޑުމެން ހުރިހާ އެންމެން ރުހުން ދޭންޖެހޭ. 

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް

ރިޔާޒު ވިދާޅުވީ ވަޒީރުންނާއި ގުޅޭ އެއްވެސް މައްސަލައެއް އޮތް ނަމަ، ކޮމިޓީ މަރުހަލާގައި އެކަމެއް ބަލައި ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އެފަދަ އެއްވެސް މައްސަލައެއް ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން، ރިޔާޒު ވަނީ ކޮމިޓީން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.