އެމްޑީޕީއާއި ޑިމޮކްރެޓްސްގެ އިއްތިހާދު
ހަބަރު
28 Jan 2024 | 13:14
ކެބިނެޓަށް ވޯޓްނުދެނީ ރާއްޖޭގައި އިންޑިއާގެ ބޮޑުވަޒީރު ދިފާއުކުރަން

އިންޑިއާގެ މަޝްހޫރު ނޫހެއްކަމުގައިވާ އިންޑިއާ ޓުޑޭގައި މި ޖެނުއަރީމަހުގެ ކުރީކޮޅު ޝާއިކުރި ޚަބަރެއްގައި ވެއެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އުފެދިގެން އުޅޭ މައްސަލައިގައި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިފާއުގައި ތެދުވެ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގ އިސްތިއުފާއަށް ގޮވައިފިއެވެ.

އެހެން ނޫހެއްކަމުގައިވާ ދަހިންދޫގައި މި މަހުގެ 25 ވަނަ ދުވަހު ޝާއިރުކުރި ރިޕޯޓެއްގައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ 55 ގޮޑީގެ ބާރު އޮތް ރާއްޖޭގެ މައި އިދިކޮޅު ދެޕާޓީއެއް ގުޅިގެން، ދިވެހި ސަރުކާރުން އިންޑިއާގެ މައްސަލާގައި ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ގާތްބައިވެރިޔާކަން އިއުލާންކޮށްފިއެވެ.

މިންޓް ކިޔާ ނޫހެއްގައި މިމަހުގެ 25 ވަނަ ދުވަހު ލިޔެފައިވަނީ އިންޑިއާގެ މައްސަލާގައި އިދިކޮޅު ދެޕާޓީ ގުޅިގެން ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފިއެވެ. ވިއޮންގައި ލިޔެފައި އޮތީ އިންޑިއާގެ މައްސަލާގައި މުއިއްޒު ސަރުކާރު އޮތީ އަލިފާނުގެ ތެރޭގައި ކަމަށެވެ. އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން އިންޑިއާ ހިމާޔަތްކުރަން ނުކުމެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އަޣްލަބިއްޔަތު އޮތް އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްގަލަކަށް އަރައިގެން އުޅެނީ އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމާއިވެސް މިދެ ޕާޓީން ގުޅުވައިފައިވަނީ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު އެންމެ ބޮޑު އެއް ސަބަބަކަށް ހަދައިގެންނެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މައްސަލައެއް އުފެދިގެން އުޅެނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރައި ދިވެހިރާއްޖެއިން ގެންދިއުމަށް ދިވެހި ސަރުކާރުން އެދިގެން އިންޑިއާ ސަރުކާރުން އެކަން ނުކުރާން ދައްކާ ބަހަނާތަކާހެދިއެވެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ނުބައިތިއްބާނަމަ ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަކީ ނުވަތަ ކެބިނެޓް ވަޒީރުންނަށް ރުހުން ނުދިނުމަކީ ވަރަށް ދެރަވަރު އަދި ހިތާމަ ހުރި ކަމެކެވެ. އިންޑިއާ ޓުޑޭގައި ބުނެފައިވާ ގޮތަށް އިންޑިއާގެ ބޮޑުވަޒީރުގެ ހައްގުގައި އޭނާ ހިމާޔަތްކުރަން ދިވެހިރާއްޖޭގެ ގާނޫން ޖަދާ މަޖިލީހުގެ މެންބަރުން ނުވަތަ ރާއްޖޭގެ ސިޔާސީ ޕާޓީއެއް މިފަދައަކުން ތެދުވެދާނެ ކަމަށް ހީކުރެވިފައެއް ނެތެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑު މެންނަށް މިއޮތީ މިހަގީގަތް ކުރިމަތި ވެފައެވެ.

ކެބިނެޓަށް ވޯޓް ނުދިނުމަކީ އެއްގޮތަކުން ބުނާނަމަ ސަރުކާރަށް ޖެއްސުން ކުރުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރު ހިންގަން ދަތިކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާއާއި ޑީއާޜްޕީގެ ލީޑަރެއްކަމުގައިވާ އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން ސިފައިންގެ ބަންދުގައި ބޭތިއްބިއެވެ. މިއަދު ބޭރު ގައުމެއްގެ ހައްގުގައި ސަރުކާރަށް ޖެއްސުން ކުރަން މިނުކުތީ ސީދާ އެމްޑީޕީއެވެ. މަންޒަރު މުޅިން އެކޮޅު ކޮޅުން ޖެހިގެންނެވެ. މިވެސް ތާރީޚުން ދުވަހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ