ޤައުމިއްޔަތު މާއްދާގެ ސަބަބުން ދަރިވަރުންގެ ހިތުގައި ޤައުމީ ލޯބި އުފެދިގެން ދަނެ
ހަބަރު
29 Jan 2024 | 08:42
ރާއްޖޭގެ 11 ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ފަށައިފި

ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް 11 ސްކޫލެއްގައި ފަށައިފިއެވެ.

ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ ޕްރޮގްރާމް ފުރަތަމަ ފަށާފައި މިވަނީ ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް 4ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

އެގޮތުން ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ފެށި ސްކޫލުތަކަކީ 

1. ޞަލާޙުއްދީން ސްކޫލް – ހުޅުމާލެ

2. ކަލާފާނު ސްކޫލް – މާލެ

3. ތާޖުއްދީން ސްކޫލް – މާލެ

4. މުހިއްޔިއްދީން ސްކޫލް – ވިލިމާލެ

5. ބ.އަތޮޅު ތަޢުލީމީ މަރުކަޒު – ބ.އޭދަފުށި

6. ޅ.އަތޮޅު ތަޢުލީމީ މަރުކަޒު – ޅ.ހިންނަވަރު

7. ވ.އަތޮޅު ތަޢުލީމީ މަރުކަޒު – ވ.ފެލިދޫ

8. މަގޫދޫ ސްކޫލް – ފ.މަގޫދޫ

9. އަބޫބަކުރު ސްކޫލް – ގދ.ތިނަދޫ

10. ހިތަދޫ ސްކޫލް – ހިތަދޫ، އައްޑޫ ސިޓީ

11. މުޙައްމަދު ޖަމާލުއްދީން ސްކޫލް – ފުވައްމުލައް ސިޓީ

ތަޢުލީމީ ވުޒާރާއިން ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދެން މި ފެށުނު 11 ސްކޫލުގައި، އެ މާއްދާ ކިޔަވައިދިނުމަށް މުދައްރިސުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ވަނީ ވަރަށް ފުރިހަމައަށް ކުރިއަށް ގެނދެވިފައެވެ. އެގޮތުން އެ، 11 ސްކޫލުން ޕްރިންސިޕަލުންނާއި، ޓިޗަރުންނާއި އަދި ފޯކަލް ޕޮއިންޓުން ހިމަނައިގެން ޤައުމިއްޔަތު މާއްދާގެ ތަޢާރަފާއި، މަންހަޖުގައި މާއްދާ އެކުލަވާލެވިފައިވާ ގޮތާއި އަދި ކިޔަވައިދޭނެ ގޮތުގެ މައުލޫމާތު ދެވިފައިވެއެވެ.  

މިހާރު ރާއްޖޭގެ 11 ސްކޫލެއްގައި މި މާއްދާކިޔަވައިދެން ފެށި ނަމަވެސް ސަރުކާރުގެ އަމާޒަކީ އަންނަ ދިރާސީ އަހަރުން ފެށިގެން ޤައުމީ މަންހަޖުގެ ތެރެއިން މި މާއްދާ ކިޔަވައިދޭން ފެށުންކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ 11 ސްކޫލެއްގައި "ޤައުމިއްޔަތު" ކިޔަވައިދެން ފަށާފައިވާއިރު ، ކިޔަވާ ދަރިވަރުންގެ ހިތުގައި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް މިސަރުކާރުގެ ފަރާތުން އަންނަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.

އެގޮތުން ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެ ދަންފަޅިއެއްގައި ވެސް އެސެމްބުލީ ބާއްވާ އެސެމްބުލީގައި ޤައުމިއްޔަތާއި ގުޅުންހުރި ހަރަކާތެއް ކުރިއަށް ގެންދިއުމަށާއި، ޤައުމީ ސަލާމް ކިއުމަށް ސްކޫލުތަކަށް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.