ގާސިމް އާއި ރައީސް ޑރ މުހައްމަދު މުޢިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Jan 2024 | 13:30
އިންޑިއާއަށް ނިސްބަތްކޮށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަތަކަށް މަޢާފަށް އެދެން ޖެހޭ: ގާސިމް

އަވައްޓެރި އިންޑިއާއަށް ނިސްބަތްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދެ ހަފުތާ ކުރިން ދެއްވި ބަހުގެ ހަމަލާތަކަށް، އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވަނީ، އާސަންދަ އާއި ބޭސްފަރުވާގެ ކަންކަމާއި ބޭސް ހޯދުމަށް ވެސް އިންޑިޔާއަށް އެކަނި ބަރޯސާ ނުވުމަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ.

"ރައީސް މުޢިއްޒު، ޗައިނާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ދެއްވި އިންޓަވިއުގައި ވިދާޅުވި ބައެއް ބަސްފުޅުތައް، އަޅުގަނޑު ވެސް ދަންނަވާނީ އޭގެ ތެރެއިން ބައެއް ބަސްފުޅުތައް އެބަހުރި އަޅުގަނޑުމެން މަރުހަބާ ކިޔަން ނުޖެހޭ. ނުވަތަ ނުކިޔާނެ."

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް 

އެގޮތުން ގާސިމް ވިދާޅުވީ، ނަން ވިދާޅުނުވި ނަމަވެސް އިންޑިޔާއަށް ނިސްބަތް ކުރައްވައި، އެގައުމުން ބޭސް ނުގެންނަން ނިންމެވި ކަމަށާ، އަދި އާސަންދަވެސް އެނޫން ގައުމުތަކުން ދޭގޮތަށް ނިންމުމެއް ނިންމެވި ކަން ދޭހަވާ ފަދަ މޭރުމުން ރައީސް މުޢިއްޒު ދެއްކެވި ވާހަކަތަކަކީ ރަނގަޅު ވާހަކަ ތަކެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. 

"ހަމައެހެންމެ އަޅުގަނޑުމެންނަކީ ބެކްޔާޑްގައި އޮތް ތަނެއް ނޫނޭ ބައެއްގެ، އަދި ބުލީ ކުރެވޭނެ ބައެއްވެސް ނޫން ކަމަށް، އެހެން ރަނގަޅު ވާހަކައެއް ނޫން." 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް 

ގާސިމް ވިދާޅުވީ ރައީސް އެވާހަކަތައް ދެއްކެވީ އޭރު ރާއްޖެއާއި އިންޑިޔާގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް ހަލަބޮލި ކަމުގެ ތެރެއިން ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ. އަދި އެވާހަކަތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުން މަޢާފަށް އެދެންޖެހޭ ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ. 

"އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެން އެ ދެއްވި އިންޓަވިއުގައި މި ދެންނެވި ދެތިން ހަތަރު ޕޮއިންޓަށް ހަމަ ފޯމަލް (ރަސްމީ) ކޮށް އިންޑިއާ ސަރުކާރުންނާއި ޕްރައިމް މިނިސްޓަރު މޯދީ އެ ފަރާތްޕުޅުން ޕްރޮފެޝަނަލްކޮށް މާފަށް އެދުމަށް, އަޅުގަނޑުމެންނާ އިންޑިޔާއާ އޮތީ އަބަދުވެސް ގާތް ގުޅުމެއް" 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް 

މީގެ އިތުރުން ގާސިމް ވަނީ ޕީޕީއެމް/ ޕީއެންސީން އިދިކޮޅުގައި އޮވެގެން، ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ކެންޕެއިނާވެސް ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް، އޭނާވެސް ވަނީ ރާއްޖޭގައި އިންޑިޔާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅު ހައްދަވާފައެވެ. 

ގާސިމް މިހެން ވިދާޅުވެފައި ވާއިރު، ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ "ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށާ އަދި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމުތަކުން ގަނާ ކުރުމަށް ފުރުސަތު ނުދެއްވާނެ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.