މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ
ހަބަރު
29 Jan 2024 | 16:31
ސަމާލުވޭ! ވަގު ސެޓްފިކެޓުތަކެއް ބޭނުންކުރަމުން އެބަދޭ: އެމްކިޔުއޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ (އެމްކިޔުއޭ) ގެ ވަގު ތައްގަނޑެއް ޖަހައިގެން ތައުލީމީ ސެޓްފިކެޓުތަކެއް ރާއްޖޭގައި ބޭނުން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ އޮތޯރިޓީގެ ވަގު ރިކޮގްނިޝަން ތައްގަނޑެއް ބޭނުންކޮށް، އެ އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސަނަދުތަކެއް ދައުރުވަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމާއިއެކު މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އޮތޯރިޓީ ގެ ބަޔާނުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

"އޮތޯރިޓީގެ ފޭކު ތައްގަނޑު ބޭނުންކޮށް، މުވައްޒަފެއްގެ ސޮއި ކުރުން ފަދަ ކަންކަމަކީ މި އޮތޯރިޓީގެ މުވައްޒަފުންގެ ހައްގަށް ލިބޭ އުނިކަމެއް، އަދި މި އޮތޯރިޓީ އިން މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދުމަށް މެދުވެރިވާ ކަމެއް" އެމްކިޔުއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްކިޔުއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ އޮތޯރިޓީއަށް އެ މައްސަލަ ފާހަގަވި ހިސާބުން އެކަންތައް ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އަދި އެމައްސަލަ ތަހުގީގު ކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

އެމްކިޔުއޭގެ ބަޔާން ނިންމާލައިފައި ވަނީ މިފަދަ ކަންކަމަށް މަތީ ތައުލީމް ފޯރުކޮށްދޭ އިދާރާތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

ކޮމެންޓް
ކުނިބެ
ވިލަަކޮލެޖުން ތިކަން ސިޔަްސީމީހުންނަަށްވަނީކޮަށްދީފަ
29 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.