ދަނޑުވެރިކަމުގެ ވިޔަފާރި ހަރުދަނާ ކުރުމަށް ދަނޑުވެރިން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން-- ފޮޓޯ/އެގްރި ބިޒްނަސް ޕްރޮގްރާމް
ހަބަރު
30 Jan 2024 | 10:13
ދަނޑުވެރިކަމުގެ ވިޔަފާރި ހަރުދަނާ ކުރުމަށް ދަނޑުވެރިން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގަރާމްގެ ފަރާތުން ޕްރޮޖެކްޓް ކުރިއަށްގެންދާ ރަށްތަކުގެ ދަނޑުވެރިންނަށް އަމާޒްކޮށްގެން ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓްރެއިންގ ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދިނުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ޕްރައިވެޓް އިންސްޓިޓިއުޝަނެއް ކަމުގައިވާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއިއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

28  ޖެނުއަރީ 2024 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އެފަރާތުން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްއާއި އެކު މަސައްކަތްކުރަމުންދާ ދަނޑުވެރިންގެ ނޮލެޖްގެޕް ދެނެގަތުމަށް އެސެސްމަންޓެއް ހަދާ، ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަސްޓަމައިޒްޑް ޓްރެއިނިގް މެނުއަލެއް އަދި ތަމްރީނަށްބޭނުންވާނޭ ލިޔެކިޔުންތައް ތައްޔާރުކޮށް ޕްރޮޖެކްޓްގެ ރަށްތަކުގައި ހިންގާނެ ކަމަށް އެގްރި ބިޒްނަސް ޕްރޮގްރާމް އިން ބުނެފައިވެއެވެ. އަދި މިއީ 11 މަސް ދުވަހުގެ މުއްދަތައް ސޮއިކުރެވޭ ކޮންޓްރެކްޓެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މަޤްޞަދަކީ ދަނޑުވެރިކަން ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް، ވިޔަފާރި އަދި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގެންގުޅޭ ރަނގަޅު ޢުސޫލުތައް ދަސްކޮށްދީ، ދަނޑުވެރިކަމުގެ ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއަށްދާ ވިޔަފާރިއެއް ހަރުދަނާކުރުމަށް އެހީތެރިވެދިނުން ކަމަށް އެގްރި ބިޒްނަސް ޕްރޮގްރާމް އިން ބުނެއެވެ. 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕެއް ހަދައި އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ.

ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ.

އަދި މި ޕްރޮޖެކްޓުން މަސައްކަތް ކުރަނީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރު ކުރުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.