މުހައްމަދު ޢިސްމާޢީލް އާއި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒު--
ހަބަރު
30 Jan 2024 | 11:13
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމާ ތޮޅެ ވެރިކަން ބަލިކަށި ކުރުމަކީ ހިލަފަރުބަދައެއް ކެނޑުން ކަހަލަކަމެއް: މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމާއި ތޮޅެ، ވެރިކަން ބަލިކަށި ކުރަން މަސައްކަތް ކުރުމަކީ ހިލަ ފަރުބަދައެއް ކެނޑުން ފަދަ ކަމެއް ކަމަށް، ޕީޕީއެމް/ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދެ ވަޒީރުންނާއި، ބަނޑާރަ ނާއިބަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ރުހުން ނުދީ، ރައީސުލްޖުމުހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ މި ދަނޑިވަޅުގައި މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ދިފާޢުގައި 24/7 ތައްޔާރީ ހާލަތުގައި ދިވެހިރައްޔިތުންގެ ތެރެއިން %53.9 ރައްޔިތުން ތިބި ކަމަށެވެ. 

މީގެ އިތުރުން މިކަމާއި ގުޅިގެން މުހައްމަދު ކުރެއްވި އެހެން ޕޯސްޓެއްގައި ވަނީ, މުޖުރިމުންނާ ގައްދާރުން ވަކިކުރާނެ ޑިވައިސްއެއް ނުވަތަ އާލާތެއް ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރައްޔިތުންގެ ހާދިމުންތަކެއް ނިކުތުމަކީ ދިވެހި ރައްޔިތުންނަށާ ދިވެހި ގައުމަށް ގައްދާރުވުން ނޫން ކޮންކަމެއްބާ؟"

މުހައްމަދު ވިދާޅުވި ގޮތުގައި، ޕާޓީންއަކުން ނެރޭ 3 ލައިންވިޕަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ޕާޓީތަކުގެ ގާނޫނު ދަންނަކަމެއް ނޫން ކަމަށެވެ.

އަދި ރައްޔިތުންގެ ހާދިމުންނޭ ކިޔައި މަޖިލީހަށް ވަދެ ރައްޔިތުންގެ ވިސްނުމާ ދެކޮޅައް މަސައްކަތް ކުރާ އެންމެހާ މެންބަރުންނާ ދެކޮޅަށް ރައްޔިތުން ތެދުވާންޖެހޭ ކަމަށާ، ރައްޔިތުން މަޖިލިގެ އެމްޑީޕީގެ މެންބަރުންނަށް ވުރެ ގައުމު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އުފެދިފައޮތް ވެރިކަމެއް. ގާނޫނުއަސާސީ އަށްވުރެން ރައްޔިތުންގެ ބާރުގަދަވާނެ." މުހައްމަދު ޢިސްމާޢީލް ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރަށް އެންމެ ދެމަސް ވެފައި ވަނިކޮށް، އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާޢި، ހައުސިންގ މިނިސްޓަރު ޑރ. ހައިދަރުގެ އިތުރުން ބަންޑާރަ ނާއިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން ނިންމާފައެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަންވެސް މެޖޯރިޓީ ޕާޓީ އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. 

ކޮމެންޓް
ާާޢަލިފުޅުބެ
ހިލަފަރުބައެއް ކެޑުމަކީ މިޒަމާނު ގައި މާބޮޑުކަމެއްނޫން. މުހައްމަދުގެ މިސާލު ކަމަކުނުދޭ.
30 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.