އައްޑޫ ފޭދޫ ދާޢިރާގެ މެމްބަރ މުޙައްމަދު ނިހާދު
ހަބަރު
30 Jan 2024 | 22:16
އެމްޑީޕީން ފުލެޓް ދިނީ އަރިސް މީހުންނަށާއި އާއިލީ މީހުންނަށް - ނިހާދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުލެޓްދިން އިރު ފުލެޓް ދީފައިވަނީ އެޕާރޓީގެ އިސްވެރިންގެ އާއިލީ މީހުންނަށާއި އެބޭފުޅުންގެ އަރިސް މީހުންނަށް ކަމަށް ނިމިދިޔަ އިބްރާޙިމް މުޙައްމަދު ޞާލީޙުގެ ސަރުކާރުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އެއް މެމްބަރުކަމަށްވާ އައްޑޫ ފޭދޫ ދާޢިރާގެ މެމްބަރ މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނިހާދު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުން ނުހައްޤުން އެތައްކަމެއް ކޮށްފައިވާކަމަށެވެ. އެގޮތުން އޭނާގެ ޕޯސްޓުގައި ވަނީ އޭގެ ލިސްޓެއް ހިމަނުންވާފައެވެ.

އޭގެތެރޭގައި ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޢާއްމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވި ބޯހިޔާވަހި ކަމުގެ ތެރޭގައި ހިމެނޭ ގޯތި ދިނުމާއި ގުޅޭގޮތުންވެސް ވިދާލުވެފައި ވަނީ ގޯތި ދިނީތީ ދީފައިވަނީ ހަމަ އާއިލީ މީހުންނަށާއި އެންމެ އަރިސް މީހުންނަށް ކަމަށެވެ. ހަމަ އެއާއިއެކު އެސްއެމްއީ ލޯނުގެ ކަންތައްވެސް ހަމަ ކުރެއްވީ އެހެން ކަމަށެވެ.

އޭގެ އިތުރުން އަޑީތެލާއި ހޮޅި ނުއަގުގައި ގަނެފައިވާ ކަމަށާއި، އަނބިދަރީންނަށް ނުހައްޤުން ބޮޑަތި ވަޒީފާތައް ދީފައިވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރު ދިފާޢުކުރެއްވުމުގައި އެންމެ ގަދައަށް މަސައްކަތް ކުރެއްވި އެއް މެމްބަރުގެ ގޮތުގައި އޭރު ފާހަގަ ކުރެވުނު އައްޑޫ ފޭދޫ ދާޢިރާގެ މެމްބަރ ނިހާދު މިވަގުތު ހުންނެވީ އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދާކަމަށް ވިދާޅުވެ، މިހާރުގެ ވެރިކަންކުރާ ޕާރޓީ ޕިއެންސީއަށް ސޮއިކުރައްވާ އެޕާރޓީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ.

އެމްޑީޕީ ސަރުކާރުން ނުހައްޤުން ކުރިކަންތައްތަކުގެ ތެރެއިން ބައެއް ލިޔުއްވާ ލިސްޓެއްގެ ގޮތުގައި ކުރެއްވި އެކްސް ޕޯސްޓް ނިންމާލައްވަމުން ނިހާދު ވިދާޅުވެފައި ވަނީ ނުހައްޤުން ކަންތައްތައް ކުރައްމުންގެންދާ އެފަދަ މީޙުންގެ ކިބައިން ޤައުމު ސަލާމަތްކުރުން ލާޒިމްކަށެވެ.

"މިފަދަ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރުން ލާޒިމް ! " ނިހާދުގެ އެކްސް ޕޯސްޓު ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.

މެމްބަރ ނިހާދު މިފަދައިން ވިދާޅުވެފައިވާއިރު ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަރްޕްޝަނުގެ އެތަށް ކަމެއް ކޮށްފައިވާކަމަށް އާއްމުން ގެންދަނީ ބުނަމުންނެވެ. އަދި އޭގެ ތެރެއިން ގިނަ މައްސަލަތަކެއް ކަމާއި ގުޅުންހުރި މުއައްސަސާތަކުން މިހާރު ގެންދަނީ ތަޙްޤިގުވެސް ކުރަމުންނެވެ.

ކޮމެންޓް
އަވާމެންދުރު
ތިހަމަ ހުސްދޮގު މަނިކުފާނު ކުރިން ތިވާހާކަ ތިގޮތަން ނުދެއްކީ ކީވެގެން ތޯ މިހާރު ދެން ޕާޓީބަދަލުކުރައްވާފަ ތިގޮތަން ބުނުއްވީމަ ގަބޫލެން ނުކުރެވޭ
30 Jan 2024
ޚޮބަރ
މީނާ މިކަން މިގޮތަށް ކުރިއިރުވެސް ލޮލަށް ނުފެންނަ ކމައް ހެދިގެން ހުރެ މިހާރު ކޮންވާހަކައެއް މިދައްކަނީ
31 Jan 2024
ޝިމް
އެދުވަހު އޭނަ ލޮލައް ހުރީ މިރުސް އެޅިފަ
31 Jan 2024
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.