ބޭރިއަންސް އާއި ކޯކޯ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
31 Jan 2024 | 00:47
ފަހު މެޗުގައި ކޯކޯ ބަލިކޮށް ބޭރިއަންސް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފަސްވަނަ މެޗުގައި ތިން ސެޓު އެއް ސެޓުން ކޯކޯ ބަލިކޮށް ބޭރިއަންސް އިން ލީގު ބުރުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މުބާރާތުގައި ބޭރިއަންސް އިން ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓު އެއް ސެޓުން ހޭވައްލާ އަތުން އެޓީމު ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. އަދި ކޯކޯގެ ފުރަތަަމަ މެޗުގައި ތިން ސެޓު ދެ ސެޓުން ރަށްގުޑުވާ އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ހޭވައްލާ އަތުން އެޓީމު ވަނީ ތިން ސެޓް ދެ ސެޓުން މޮޅުވެފައެވެ.

ބޭރިއަންސް އާއި ކޯކޯ ވާދަކުރި މެޗުގެ ތެރެއިިން 

މިމެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު 20-25 އިން ކާމިޔާބުކުރީ ބޭރިއަންސް އިންނެވެ. އަދި މެޗުގެ ދެވަަނަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު 31-29 އިން މިސެޓް ކާމިޔާބުކުރީ ކޯކޯ އިންނެވެ. ނަމަވެސް މެޗުގެ ތިންވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ކާމިޔާބުކުރީ ބޭރިއަންސް އިންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި އެޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މި ސެޓް ފަސޭހަކަމާއި އެކު އެޓީމުން ކާމިޔާބުކުރީ 16-25 އިންނެވެ.

ބޭރިއަންސް އާއި ކޯކޯ ވާދަކުރި މެޗުގެ ތެރެއިިން 

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ތިން ސެޓު އެއް ސެޓުން ބޭރިއަންސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޭރިއަންސްގެ އިބްރާހިމް ފަޒީލު އެވެ.

މިއާއެކު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނާގައި މިވަގުތު އޮތީ ބޭރިއަންސް އެވެ. އަދި މިމެޗުން ބަލިވި ކޯކޯއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ބުރުގެ ތިންވަނައިގައެވެ. އަދި މިވަގުތު ދެވަނާގައި އޮތް ހޭވައްލާ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ލީގު ބުރުގެ ފުލުގައި މިވަގުތު އޮތީ ދެމެޗުން ލިބުނު ދެ ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ އެވެ. 

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ބޭރިއަންސްގެ އިބްރާހިމް ފަޒީލު 

މާދަމާރޭ ކުޅެވޭ ލީގު ބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ އިން ނުކުންނާނީ ހޭވައްލާ އާއި ދެކޮޅަށެވެ. 

26 ޖެނުއަރީ 2024 އިން 03 ފެބުރުއަރީ 2024 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.