އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު
ހަބަރު
31 Jan 2024 | 14:41
'އިންޑިއާއައުޓް' ހަރަކާތާއި ގުޅިގެން ފަތުރާހާ ހަބަރެއް ޤަބޫލް ނުކުރަން ޖެއިޝަންކަރު އެދިވަޑައިގެންފި!

އިންޑިއާ އައުޓް ހަރަކާއި ގުޅޭގޮތުން ފަތުރާހާ ހަބަރެއް އަދި ލިޔާހާ އެއްޗެއް ޤަބޫލް ނުކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު ގޮވާ ލައްވައިފިއެވެ.

ޖައިޝަންކަރު މިގޮތަށް ގޮވާލައްވާފައި މިވަނީ އިންޑިޔާގެ އަވަށްޓެރި ދެ ޤައުމުކަމަށްވާ ދިވެހިރާއްޖޭގައާއި އަދި ބަގުލަދޭޝްގައި އިންޑިއާ އައުޓްކެމްޕެއިނެއް ކުރިއަށް ގެންދިއުމާއި ގުޅިގެންނެވެ.

އިންޑިޔާ ވިޔަފާރީގެ މައި މަރުކަޒުކަމުގައިވާ މުމްބާއީގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އަވަށްޓެރި ޤައުމުތަކަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ވަރަށް ގާތް ރަޙްމަތްތެރި ޤައުމުތަކެއް ކަމަށާއި ، ބައެއް ފަހަރަށް ދޭދޭ ޤައުމުތަކުގެ މެދުގައި މައްސަލަތައް ދިމަވާ ވަގުތުތައްވެސް އަންނާނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެފަދަ ދަނޑިވަޅުތަކުގައި އިވޭހާ އަޑުތަކެއް ޤަބޫލުކޮށް އެކަމަށް ރައްދުދީ ފިޔަވަޅު އެޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެންމެން އެއްތަންވެ ވާހަކަ ދައްކައިގެން އެފަދަ ކަންތައްތައް ހައްލުކުރުން ކަމުގައެވެ.

 "ވަރަށް ހަރުކޮށް އެއްޗެއް ބުނީމައި، ވާހަކަ ދައްކަން އިށީންނަން ދައުވަތު ދޭންވީ، މަށަށް ޔަގީން، ވާހަކަ ދައްކަން އިށީނީމައި ދުރުގައި ހުރެ ބޭނުން ކުރާ ބަހުރުވައަށް ވުރެ މާ ބޮޑަށް ވެސް ބޭނުން ކުރާ ބަހުރުވަ 'ސޮފްޓް] ލުއި ވާނެ، އެއީ ގެރެންޓީ ކަމެއް" ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު މިފަދައިން ވިދާޅުވެފައި ވާއިރު ދިވެހިރާއްޖޭގައި މިހާރު މިއޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށް ވަނީ ރާއްޖެގައި ތިބި އިންޑިޔާ މިލިޓަރީ ސިފައިން ބޭރުކުރުމަށް ބާރުއަޅައި "އިންޑިއާ އައުޓް" ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މިހާރު ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލައި "އިންޑިއާ އައުޓް" ކެންޕެއިނެއް ފަށަފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން މިހާރުވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން އަބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ. އަދި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިހާރު ވަނީ މިކަމުގެ ރަސްމީ މަޝްވަރާތައް މަތީފެންވަރުގެ ބޭފުޅުން ހިމެނޭ ކޮމެޓީއަކުން ކުރިއަށް ގެންދަން ފަށާފައެވެ.

މި ސަރުކާރުން އިންޑިއާގައި އެދިފައިވަނީ އަންނަ މާރޗުމަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަބުރާ އެ ޤައުމަށް ގެންދިއުމަށެވެ.

ކޮމެންޓް
އިންޑިޔާ އައުޓް
ކީއްވެ ސިފައިން ނުބާލާން ތިގަދަ ދައްކަނީ
31 Jan 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.