ހޭވައްލާ އާއި ރަށްގުޑުވާ ވަދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
01 Feb 2024 | 02:02
ޗެންޕިއަން ރަށްގުޑުވާ ކަޓުވާލުމަށްފަހު ހޭވައްލާ ފައިނަލަށް

ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ލީގުބުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ ސީދާ ތިން ސެޓުން ބަލިކޮށް ލީގުބުގެ އެއްވަނަ ޓީމުގެ ގޮތުގައި ހޭވައްލާ އިން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ހޭވައްލާ އިން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި ތިން ސެޓު އެއް ސެޓުން ބޭރިއަންސް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމު ވަނީ ކޯކޯ އަތުން ތިން ސެޓު ދެ ސެޓުން ބަލިވެފައެވެ. އަދި މުބާރަތުގެ އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ އިން ފުރަތަަމަ މެޗުގައި ތިން ސެޓު ދެ ސެޓުން ކޯކޯ ބަލިކުރި އިރު، ދެވަނަ މެޗުގައި ބޭރިއަންސް އަތުން އެޓީމު ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

ހޭވައްލާ އާއި ރަށްގުޑުވާ ވާދަކުރި މެޗުގެ ތެރެއިިން 

މިމެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު ހޭވައްލާ އިން ކާމިޔާބުކުރީ 23-25 އިންނެވެ. އަދި ދެވަނަ ސެޓް 21-25 އިން ކާމިޔާބުކުރި އިރު ތިންވަނަ ސެޓްގައި ދެޓީމުގެ ފަރާތުން ވަނީ ވަަރަށް ވާދަވެރި ކުޅުމެއް ފެށިގެން ގޮސްފައެވެ. އަދި މިސެޓް ހޭވައްލާ އިން ކާމިޔާބުކުރީ 27-29 އިންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހޭވައްލާ ޓީމުގެ ސެޓަރު ހުސެއިން ރަޒާން އެވެ.

މިމެޗުގެ ނަތީޖާއެކު ތިން މެޗުން ހޭވައްލާ އަށް 7 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ލިބުނީ ތިން މެޗުން 6 ޕޮއިންޓް ހޯދި ބޭރިއަންސް އަށެވެ. އަދި ތިން ޕޮއިންޓާއެކު ތިންވަނަ ލިބުނީ ކޯކޯ އަށެވެ. މީގެ އިތުރުން ލީގުބުގެ ފުލަށް ދިޔައީ ތިން މެޗުން ދެ ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ އެވެ.

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ހޭވައްލާ ޓީމުގެ ހުސެއިން ރަޒާން 

26 ޖެނުއަރީ 2024 އިން 03 ފެބުރުއަރީ 2024 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ ބޭރިއަންސް އާއި ތިންވަނަ ކޯކޯގެ މެދުގައި މާދަމާ ރޭ ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާން ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.