އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން / ފޮޓޯ: ޤައުމީ ޔުނިވަސިޓީ
ހަބަރު
01 Feb 2024 | 15:11
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރުމަށް އެއްބަސްވެއްޖެ

އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަން ނިންމާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އާރުއޭސީއެލް އިން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުން އޮތީ ޤައުމީ ޔުނިވަސިޓީގައެވެ. މި އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން (އާރުއޭސީއެލް) މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މި އެއްބަސްވުމުގެ ބޭނުމަކީ އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރެވެން ހުރި ދާއިރާތައް ހޯދާ އެދާއިރާތަކުން ކުރިއަށް ދިއުމެވެ. އޭގެ އިތުރުން ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ޤައުމަކަށް ވާއިރު ރާއްޖޭގައި ބޭހާއި ކޮންޒިއުމާ ގުޑްސް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަނެ އެކަންތައްތަކަށް ހައްލެއް ބޭނުންވެފައިވުމެވެ.

މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އިތުރަށް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ، ގިނަ ރިސޯޓްތަކެއް ހިމެނޭ ޤައުމަކަށް ވުމަކީވެސް މިފަދަ ދިސާއެއްގެ މުހިއްމުކަން އިތުރުވެގެންދާ ކަމެކެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާރ ކާގޯއަކީ ރާއްޖޭގެ އިޤްތިޞާދުގައި މުޙިއްމު ޚިދުމަތަކަށް ވާއިރު މިޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި މި ދިރާސާއަކީ ވަރަށް މުހިއްމު ބޭނުންތެރި ދިރާސާއަކަށް ވެގެންދާނެކަމަށެވެ.

"މި ދިރާސާއިން ރާއްޖޭގައި މި ވަގުތު އެއާ ކާގޯގެ ހިދުމަތް ފޯޜުކޮށްދިނުމުގެ ހާލަތު ދެނެގަނެވޭނެ. ރާއްޖޭގައި ކާގޯ ރައްކާކުރެވެން ހުރި ފެސިލިޓީތަކާއި އެ ތަންތަނުގެ ކެޕޭސިޓީ އާއި އެއާކާގޯއިން ގެންދާ ކާބޯތަކެތި ރައްކާތެރިކަމާއި އެކު ސްޓޯކުރެވޭނެ އިންތިޒާމުތައް ހުރިތޯ ވެސް ދެނެގަނެވޭނެ،" 

ޑރ. ޝެހެނާޒް ވިދާޅުވި އެވެ.

ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ރީޖަނަލް އެއާރޕޯރޓްތަކަށް ދިމާވެފައިވާ ތަފަތު މައްސަލަތައް ހައްލު ކުރުމަށްޓަކައި އާރުއޭސީއެލް އިން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނިމާދޫ އެއާރޕޯޓުގެ ރަންވޭގެ ބޮޑުބައެއް ނިންމާ މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.
28 Jul 2026
ދަރަނީގެ ހާމަކުރުމާއި އިންވެސްޓަރުންނާ ގުޅުން ބެލެހެއްޓުމުގައި ސްރީލަންކާ ދުނިޔޭގެ ހަތަރުވަނައަށް
ސްރީލަންކާގެ ފިނޭންސް ވުޒާރާއިން ބުނީ މި ކުރިއެރުން ހާސިލުކުރެވުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޕަބްލިކް ޑެޓް މެނޭޖްމެންޓް އޮފީހުގެ ދަށުން ރަސްމީ އިންވެސްޓާ ރިލޭޝަންސް ޕްރޮގްރާމެއް ޤާއިމުކުރުމުގެ ސަބަބުން ކަމަށެވެ.