ތުއްތު ކުދިންނަށް ދެވޭ ކާނާއަކީ ރައްކާތެރި އެއްޗަކަށް ހަދަންޖެހޭ
ހަބަރު
01 Feb 2024 | 16:37
ތުއްތުކުދިންނަށް ދޭ ބުއްފުޅިއާއި ތުން ރަޖިސްޓްރީ ކުރަން ޖެހޭ

ތުއްތުކުދިންނަށް ދޭ ބުއްފުޅި އާއި ތުން ރާއްޖެއަށް އެތެރެކުރާ ނަމަ ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިފަދައިން ބުނެފައިވަނީ އެ ތަނުންކުރި އިޢުލާނެއްގައެވެ.  

އެ އިއުލާނުގައި ބުނެފައިވަނީ 2015 ވަނަ އަހަރު ޢާއްމުކުރި ޤަވާއިދަކުން ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައި ވީނަމަވެސް މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އެ ޤަވާއިދަށް އަމަލުކުރަމުން ނުގެންދާ ކަމަށެވެ

އެހެންކަމާއި އެކު އެ އެތޯރިޓީވަނީ އެ ޤަވާއިދަށް އަމަލުކުރުމަށް އަންގާފައެވެ. އެގޮތުން އެތަނުން ބުނެފައިވަނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބުނާ ބާވަތްތައް އެއޮތޯރިޓީގައި ރަޖިސްޓްރީ ކުރަންވާނެކަމަށެވެ.

އެގޮތުން ޤަވާއިދުގައި، ރެޖިސްޓްރީ ކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ތަކެތީގެ ތެރޭގައި ބުއްފުޅި އާއި ބުއްފުޅީގެ ތުން ހިމެނެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް އެތަނުން ރަޖިސްޓްރީކޮށްދެނީ "ދިރިތި" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެމްއެފްޑީއޭ ގެ އިއުލާނު ނިންމާލަމުން ބުނެފައިވަނީ މިއަހަރުގެ ޖުލައި 31 ގެ ފަހުން ޤަވާއިދުގައި ކަނޑައަޅާފައިވާ ބާވަތްތައް އެ އޮތޯރިޓީގައި ރަޖިސްޓަރ ކުރަންޖެހޭނެ ކަމަށެވެ.

މިފަހަކަށް އައިސް އެމްއެފްޑީއޭ އިން އަންނަނީ މިހެން ހުރި ގިނަ ކަންތައްތަކެއް ރަނގަޅުކުރުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރެވޭ ކާނާގެ ބާވްތަތަކާއި، ބޭހުގެ ބާވަތްތަކަކީ ރައްކާތެރި ތަކެތިތޯ ބަލާ ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.