ރައީސް ޑރ.މުހައްމަދު މުއިއްޒު
ހަބަރު
01 Feb 2024 | 19:18
ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ކަންތައްތައް ހަމަޖައްސައިދެނީ

މިފުކޯއަށް ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މީސްމީޑިޔާ މެދުވެރިކޮށް އާއްމުންކުރާ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ މި ޕްރޮގްރާމުގައި އާއްމުގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރިކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ދެ ފަހަރެއްގެ މަތިން 200 މިލިޔަން ރުފިޔާ މަސްވެރިންނާއި ހަވާލުކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސްއަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، އެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ މިކަން ވަރަށް ޔަގީން ކަން އެބަ އޮތް ވަރަށް އަވަހަށް ހައްލުކޮށްދެވޭނެ ކަމަށް، ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަވާލު ކުރުމަށް މި މަސައްކަތް ކުރަނީ،". 

ރައީސް ވިދާޅުވިއެވެ.

"ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް ނުލިބިހުރި ފައިސާ ހަމަޖައްސައިދެއްވުމަށެވެ.

ކުރިމަގުގައި މި ސަރުކާރުގެ ކަންތައްތައް ބައްޓަން ކުރައްވަމުން ގެންދަވާނީ މަސްވެރިންނަށް ބޮޑުއަދަދުތަކުން ދޭންޖެހޭ ފައިސާތައް ދިނުމުގައި ލަސްވެގެން ނުދާނެ ފަދަ ގޮތަކަށް ކަންތައްތައް އިންތިޒާމް ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލް ޖުމުހުރިއްޔާގެ އޮފީހުން މިއަދު މިފެއްޓެވި ސިލްސިލާގެ ދަށުން ކޮންމެ ދުވަހަކުވެސް ރައިސުލްޖުމުހުރިއްޔާއަށް ވަގުތު ލިބިވަޑައިގެންނެވި ވަރަކުން އެމަނިކުފާނާއި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށް ރައީސުލް ޖުމުހުރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ މަސްވެރިންގެ ކުރިއެރުމަށް އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާގެ ތެރެއިން ބޮޑުބައެއް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓް
ީިެއިބްރާހީމް
2 މަސްވެގެންދާއިރު ރުފިޔާއެއްނުދީ އާއިލާތަށް ތިބީ ދަރަނިވެރިވެފާ
01 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.