ތެލިސީމިއާ ބައްޔާ ދެކޮޅަށް ފެށުނު ކެމްޕެއިން އިފްތިތާހް ކުރުމުގެ ތެރެއިން
ހަބަރު
01 Feb 2024 | 20:54
ހުރިހާ ދިވެހިން ތެލިސީމިއާއަށް ޓެސްޓްކުރުމަށް އަމާޒުކޮށް ޕަރޮގްރާމެއް ފަށައިފި

ހުރިހާ ދިވެހިން ތެލިސީމިއާ އަށް ޓެސްޓްކުރުމަށް އަމާޒުހިފާ، ތެލިސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ވަރުގަދަ ޤައުމީ ކެންޕެއިނެއް މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި އޮތް ރަސްމިއްޔާތެއްގައި މިކެންޕެއިން ފަށްޓަވައި ދެއްވީ ސިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޙަލީލު ވިދާޅުވީ މިއަދު މި ފެށުނު ކެންޕެއިނަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ ވަރަށް ފައިދާހުރި ކެންޕެއިނަކަށް ވެގެންދާނެ ކަމަށެވެ.

ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް މިފަށަނީ ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް ރާއްޖޭގައި ތެލިސީމީއާ އަށް އުފަންވާ ކުދިންގެ ރޭޓް 50 އިންސައްތައަށް ދަށްކުރުމުގެ ވަރުގަދަ އަޒުމާއިއެކުގައި ކަމަށެވެ.

މިއަދު މިފެށުނު ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް ތެލިސީމިއާ އާއި ގުޅޭ މައުލުމާތު ފުޅާ ދާއިރާއެއްގައި ދިނުމުގެ އިތުރުން ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ހުރިހާ ދަރިވަރުން ތެލިސީމިއާއަށް ޓެސްޓް ކުރެވިގެންދާނެއެވެ.

"ރާއްޖޭގައި މި ފެށޭ ކެމްޕެއިންގެ ތެރެއިން މާތްﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ތެލެސީމިއާ އަށް ޓެސްޓު ކުރެވިގެން ދާނެ. ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 17 އިންސައްތަ އަކީ ތެލެސީމިއާ ބަލީގެ ބޭފުޅުން އަދި އޭގެ އަލާމާތްތައް ހުރި ބޭފުޅުން،" 

ހަލީލް ވިދާޅުވި އެވެ.

މިއަދު މި ފެށުނު ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި މާލޭ ކައިރި ސަރަހައްދުގެ ދަރިވަރުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގާ ނިންމަވާލެވޭނެ ކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.ހަލިލު ވިދާޅުވީ މިވަގުތުވެސް ތެލިސީމިއާ ބަލީގެ 650 ކުދިން  އެބަތިބިކަމަށާއި އެކުދިންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރިކަމަށް ޤަބޫލްކުރައްވާ ކަމަށެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ދުނިޔޭގެ ފެންވަރުގެ، ޚިދުމަތްތަކާއިއެކު ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތެލިސީމިއާ އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޢިމާރާތްކުރުމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.