ހައްޖު ކޯޕަރޭޝަނުން ބޭނުންކުރަން ނިންމާފައިވާ ހައިސްޕީޑު ޓްރެއިން
ހަބަރު
01 Feb 2024 | 22:58
ހައްޖުކޯޕަރޭޝަންގެ އުމުރާވެރިންގެ އެތެރޭގެ ދަތުރުތަކަށް ހައިސްޕީޑް ޓްރެއިން ބޭނުންކުރަން ފަށަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރާ ޢުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ޓްރެއިން ބޭނުންކުރުމަށް ނިންމައިފިއެވެ.

އެކޯޕަރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެކަން ހާމަކޮށް މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

މި ބަޔާނުގައި އެކޯޕަރޭޝަނުން ބުނެފައިވަނީ އެގޮތަށް ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީ  ޢުމްރާ ދަތުރުތަކާއި ގުޅުންހުރި ޚިދްމަތްތައް ލުއިފަސޭހަ އަދި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

"މިދިޔަ ޑިސެމްބަރ އަޅުގަނޑުމެން ކުރި އުމުރާ ދަތުރުގައި ފާހަގަ ކުރެވުނީ އަސްލު މި ދަތުރުގައި އުމުރާވެރިން އުޅެމުން ދަނީ ވަރަށް ދަތި އުނދަގޫ ހާލެއްގައިކަން،  ބޮޑު ތަކުލީފެއްގައިކަން، އަޅުގަނޑުމެނަށް މިކަން ފާހަގަކުރެވުނު ހިސާބުން އަޅުގަނޑަށް ރައީސް އިރުޝަދުދެއްވި މި ދަތުރުތަކަށް ލުއި ފަސޭހަކަމެއް ހޯދައި ދިނުމަށް" 

މި ނިންމުން އައިގޮތާއި ގުޅޭގޮތުން ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވިއެވެ.  

މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ކުރާ ބަސް ދަތުރުތަކަކީ ގާތްގަނޑަކަށް 6  ނުވަތަ 8 ގަޑީއިރު އޭގައި ހޭދަވާ ވަރަށް އުނދަގޫ ދަތުރުތަކެއް ކަމަށާއ، މިހައި ގިނަ ވަގުތު ބަހުގައި ހޭދަކުރަންޖެހުމުން ޢުމްރާވެރިންގެ މެދުގައި ފަސޭހައިން ހުމާއި ރޯގާ ފެތުރޭކަންވަނީ ފާހަގަކުރެވިފައިކަމަށް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މައްކާއިން މަދީނާއަށް ބަހުގައި ކުރާ ދަތުރަކީ ޢުމްރާވެރިންނަށް ވަރަށް ގިނަ ތަކުލީފުތަކެއް ތަހައްމަލުކުރަންޖެހޭ ދަތުރެއްކަމުން، މިދަތުރުތަކަކީ ޢުމްރާވެރިންގެ ވަރަށްގިނަ ޝަކުވާތަކެއް މި ކޯޕަރޭޝަނަށް ލިބޭ ދަތުރުތަކެކެވެ." 

ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ޓްރެއިންގައި ކުރާ ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 2 ގަޑީރު ނުވަތަ 2 ގަޑިއިރާއި 20 މިނެޓް ކަމަށާއި އެހެންކަމުން ވަގުތުގެ ގޮތުން ބެލިކަމުގައި ވީނަމަވެސް، މިއީ ޢުމްރާވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ކަމަށެވެ. އަދި މި ޓްރެއިންތަކަކީ ވަރަށް ޖާގަ ތަނަވަސް، ރަނގަޅު ފެންވަރުގެ ޚިދްމަތްތަކެއް ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޓްރެއިންއެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

"އަޅުކަން އަދާކުރުމުގެ ކަންތައްތަކުގައި ރައްޔިތުންނަށް ވީހާވެސް ތަކުލީފް ކުޑަކޮށްދެއްވުމަކީ ރައީސުލްޖުމުހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް"  އެމްޑީ ވިދާޅުވިއެވެ. 

ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވޮއިސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ޓްރެއިން ބޭނުންކުރުމަށް ނިންމުމުގެ ސަބަބުން އެ ކޯޕަރޭޝަންގެ ފަރާތުން އިތުރު ޚަރަދެއް ކުރަންޖެހުނު ނަމަވެސް، މިހާރު ޢުމްރާތަކަށް ނަގަމުންދާ އަގު ބޮޑު ނުކޮށް އެ އަގުގެ ތެރެއިން އެ ޚިދްމަތްދިނުމަށް ނިންމާފައިވާ ކަމަށްވެސް ކޯޕަރޭޝަނުގެ ބަޔާނުގައި ވެއެވެ.

"މި ކޯޕަރޭޝަނުން ކުރިއަށް ރާވާފައިވާ ހުރިހާ ދަތުރުތަކެއްގައިވެސް މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޓްރެއިންގައިކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަމެވެ. މި ދަތުރުތައް މިގޮތަށް ފެށިގެން ދިޔުމަކީ މި ކޯޕަރޭޝަނުން ކުރަމުންދާ އުމުރާ ދަތުރުތަކަށް ލިބިގެންދާ އިންގިލާބީ ބަދަލެކެވެ." 

ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ބަހުގައި ކުރަމުން ދިޔަ ދިގު ތަކުލީފް ބޮޑު ދަތުރުތައް ޓްރެއިންގައި ފަސޭހަ އަވަސް ދަތުރުތަކަކަށް ބަދަލުކުރަން ނިންމާފައިވާ  ނިންމުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއެރުވުމަށް ދެއްވާ ސަމާލުކަމާއި އެހީތެރިކަމުގެ ސަބަބުން ފަހިވެގެންދިޔަ ފުރުސަތެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.