ކޯކޯ އާއި ބޭރިއަންސް ވާދަކުރި މެޗުގެ ތެރެއިިން.
ކުޅިވަރު
02 Feb 2024 | 03:49
ފަސޭހަކަމާއި އެކު ކޯކޯ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ބޭރިއަންސް އިން ހޯދައިފި

ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ލީގުބުގެ ދެވަނަ ބޭރިއަންސް އާއި ތިންވަނަ ކޯކޯގެ މެދުގައި ކުޅެވުނު ޕްލޭއޮފް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ބޭރިއަންސް އިން ހޯދައިފި އެވެ.

މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު ތިން ސެޓް އެއް ސެޓުން ބޭރިއަންސް އިން ކާމިޔާބުކުރިއިރު، ލީގު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ބޭރިއަންސް ބަލިވެފައި ވަނީ ހޭވައްލާ އަތުން އެކަންޏެވެ. އަދި ކޯކޯ އިން ލީގު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން ބަލިވިއިރު އެޓީމު މޮޅުވެފައި ވަނީ ރަށްގުޑުވާ އަތުން ނެވެ.

ކޯކޯ އާއި ބޭރިއަންސް ވާދަކުރި މެޗުގެ ތެރެއިިން.

މެޗުގެ ފުރަތަަމަ ސެޓުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސެޓުގެ ފަހުކޮޅުގައި ބޭރިއަންސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 6 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިއާއެކު މި ސެޓް އެޓީމުން ކާމިޔާބުކުރީ 19-25 އިންނެވެ. އަދި މެޗުގެ ދެވަަނަ ސެޓުގައި ބޭރިއަންސް އިން ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައި ވަނިކޮށް ކޯކޯ އިން ފަހަތުން އަރައި ފަސް ޕޮއިންޓް ހޯދިއެވެ. ނަމަވެސް މިސެޓު ވެސް ބޭރިއަންސް އިން ކާމިޔާބުކުރީ 19-25 އިންނެވެ.

ކޯކޯ އާއި ބޭރިއަންސް ވާދަކުރި މެޗުގެ ތެރެއިިން.

މެޗުގެ ތިންވަނަ ސެޓްގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓުގައި ކޯކޯ އިން ދެ ފަހަރެއްގެ މަތިން އެއްވަރު ވެސް ކުރިއެވެ. ނަމަވެސް ފަހުވަގުތު ބޭރިއަންސް އިން ސެޓު ކާމިޔާބުކުރީ 21-25 އިންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޭރިއަންސްގެ އިބްރާހިމް ފަޒީލު އެވެ.

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ބޭރިއަންސްގެ އިބްރާހިމް ފަޒީލު.

26 ޖެނުއަރީ 2024 އިން 03 ފެބުރުއަރީ 2024 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ.

އެގޮތުން ލީގުބުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަަމަ ޖާގަ ހޯދީ ހޭވައްލާ އިންނެވެ. އަދި ހޭވައްލާ އާއި ބޭރިއަންސް ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.