ރައީސް ޑރ. މުހައްމަދު މުއިއްޒު
ހަބަރު
03 Feb 2024 | 12:27
އާ މާރުކޭޓް އެޅުމުން ގޮޅިތަކުގައި ބިދޭސިން ކުރާ ވިޔަފާރިތަކަށް ހައްލު ލިބޭނެ – ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގައި އިމަރާތް ކުރުމަށް ހަމަޖެހިފައިވާ އެންމެ ޒަމަނީ މާރުކޭޓު ހަދާ ނިމުމާއި އެކު މާރުކޭޓުގެ ގޮޅިތަކުގައި މިހާރު ބިދޭސީން ކުރަމުން ގެންދާ ވަޔަފާރިތަކަށް ނިމުން އައިސް އެކަންތައް މުޅިން ހައްލުވެގެން ދާނެ ކަމަށް ރައީސް ޑރ،. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މީސްމީޑިޔާ މެދުވެރިކޮށް އާއްމުންކުރާ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދިފަހުން ފެއްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ސިލްސިލާގެ ދެވަނަ ޕްރޮގްރާމުގައި  މާރުކޭޓުގެ ހާލަތާއި އަދި ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާތީ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ހއ.ބާރަށު، މަދޮށިމާގޭ، ޢަބްދުﷲ އިބްރާހީމް މަނިކު ކުރެއްވި ސުވާލަށް، ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މާލޭގެ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓަކީ ވެސް އެންމެ އެކަށޭނެ ގޮތަށް ހުރި ތަންތަން ނޫން ކަމަށެވެ.

ޢަބްދުﷲގެ ސުވާލަށް، ޖަވާބު ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ އެ ދެ މާރުކޭޓްގެ ބަދަލުގައި ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ މާރުކޭޓް ހުރި ތަންތަނުގައި ހުންނަ ފަދަ އިމާރާތެއް، އެތަނުގައި އަޅަން ނިންމާފައިވާ ކަމަށާއި އަދި އެތަން އަޅަސް ބޭނުންވާ ހުރިހަ އިންތިޒާމްތަކެއް މާލޭ ސިޓީ ކައުންސިލަށް ހަމަޖައްސަވައި ދެއްވަފައިވާ ކަމަށެވެ.

"އެ މާރުކޭޓް އެޅުމުގެ މަސައްކަތް އިރާދަކުރެވިއްޔާ މިހާރު ފެށުމުގެ މަރުހަލާފައި އެ އުޅެނީ، އެ މާރުކޭޓް އިމާރަތް އެޅުނީމަ، ތި ފާހަގަކުރި މައްސަލައަށް ހައްލެއް އަންނާނެ، ވަރަށް ސާފްތާހިރު، އަދި މާ ޖާގަވެސް ބޮޑު ގޮޅިތައްވެސް ހަމަޖެހިގެން ދާނެ، މާ ހިތްގައިމު ވާނެ، ހުރިހާ ގޮތަކުން ރަނގަޅު ވެގެން ދާނެ،". 

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އާ މާރުކޭޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި މިހާރު ހުރި މާރުކޭޓު ރޫޅާލައި ވަގުތީ މަރުކޭޓެއް ހަދާ އެ މާރުކޭޓަށް މިވަގު ގޮޅިތައް ހިފާގެން ތިބި ފަރާތްތައް ބަދަލުކުރެވިގެން ދާނެ ކަމަށެވެ. އެގޮތަށް އެމަސައްކަތް ކޮށް އާ މާރުކޭޓް އެޅި އެތަނުގެ ޚިދުމަތްތައް ލިބެން ފެށުމުން ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.  

"ދެން ބޭރުމީހުންގެ މައްސައަކީ ވަރަށް ބޮޑު ވެފަ އޮތް ކަމެއް ދިވެހިންނަށް ދެން ގޮޅި ދޫކުރެވިގެން ދާނެ ، އަދި އެކަމަކީ އިރާދަ ކުރެއްވިއްޔާ ސަރުކާރުގެ ތެރެއިން އިމްޕްލިމެންޓިންގ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ހައްލުވެގެން ދާނެ ކަމެއް " 

ބިދޭސީން ތިބޭމައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.