ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު
ހަބަރު
03 Feb 2024 | 14:53
އަޅުގަނޑުމެންގެ މުޅި ޤައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައި: އާދަމް ޝަރީފް

އަޅުގަނޑުމެންގެ މުޅި ޤައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައި ކަމަށާއި އެކަމުން ސަލާމަތް ވުމަށް އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން އިސްނަގައިގެން އއ.މަތިވެރީގައި ކުރިއަށްގެންދާ މަދަނީ ޖަމުޢިއްޔާތަކުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާރުގައި ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑުއެއް މަސަލަކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކާއި ، އެކަމާއި ގުޅިގެން ހެދިފައިވާ ޤާނޫނުތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަރާތްތަކުގެ މައްސަލަ އަކީ ޤައުމީ ބޮޑުބައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން ޤާނޫނުތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަރާތްތަކުގެ އަނިޔާ އާއި ގުޅިގެން ވޭންތައް ތަހައްމަލު ކުރަމުން ގެންދާ ފަރާތްތަކުގެ މައްސަލަ އާއި ، އެކަންތަކާއި ގުޅިގެން ވީރާނާ ވަމުންދާ ތުއްތު ކުދިންގެ މުސްތަޤްބަލާއި އެކުދިންގެ ހަޔާތަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް ދެބަސްވެވެން ނެތް މައްސަލައެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުޅިޤައުމު މިއޮތީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ހަނާވެފައި." 

ވަޒީރު ވިދާލުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމުގައި އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި މިކަމުގައި އެންމެ މުހިއްމު ހިއްސާއެއް އަދާކުރެވޭނެ އެއްބަޔަކީ ރާއްޖޭގައި އޮތް މަދަނީ ޖަމާއަތްތައް ކަމަށެވެ.

"ގައުމުގެ މިއަދުގެ ހާލަތް ބަދަލްކުރުމުގައި ކޮންމެ މީހެއްގެވެސް ހިއްސާ އެބަ އިތުރުކުރަންޖެހޭ. މިހާލަތް ބަދަލްކުރުމަށް އަޅުގަނޑުމެން މިއަދު މަސައްކަތް ނުކޮއްފިނަމަ ދެން ކުރިމަތިލާން ޖެހޭނީ ކޮންފަދަ ހާލަތަކާކަން މިއަދު ދަންނަވާކަށް ފަސޭހައެއްނޫން." 

ވަޒީރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލްވާނެހެން ކޮންމެ އަތޮޅަކުން ޖަމްއިއްޔާއެއް ހިމަނައިގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާއަކީ މަދަނީ ޖަމްއިއްޔާތަކަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ޖަންނަތުގެ އާ ޓްރެއިލާ، ފަނޑިޔާރު މަނިކުފާނުގެ ނިޔާ ޝަރަފާ އެއްކޮޅަށް؟
ޑާކްރެއިނުން މިއަދު ވަނީ ޖަންނަތުގެ ދެވަނަ ޓްރެއިލާ ނެރެފައެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޝަރީއަތުގެ މަޖިލީހެކެވެ
05 Jul 2026
ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ތިން ރައީސުންގެ ދެވަނަ ބައްދަލްވުމަކަށް އެެޖެންޑާކުރި ނަމަވެސް އެ ބައްދަލްވުން ބޭއްވިފައެއް ނުވެ އެވެ.
05 Jul 2026
ބިންހެލުން އަންނާނޭ ތަނެއް ކުރިއަލާ ނޭނގޭނެ: މެޓް
ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައަޅަން އެނގުނު ނަމަވެސް، ބިންހެލުން އަންނާނޭ ސީދާ ވަގުތެއް ތާރީހެއް ނުވަތަ އަންނާނޭ ސީދާ ތަނެއް ދެނެގަނެވޭނެ ހޯދުމެއް އަދި ނެތް
05 Jul 2026
ތިނަދޫ ކައުންސިލް ރައީސް ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.
05 Jul 2026
އިލެކްޝަންސްގެ 2024 ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
05 Jul 2026
އެލައިޑް މެރިން ހަލް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
05 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރަށް އަރައެވެ
05 Jul 2026
ހިމަބިހިޖެހުނު މީހުންގެ އަދަދު 72އަށް
ޑރ. ފައިސަލް ހާމަކުރެއްވި ގޮތުގައި، މިއަހަރު ހިމަބިހީގެ 72 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.