ގިނަ ބަލިތަކަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހޭ
ހަބަރު
03 Feb 2024 | 15:43
އުމުރުން 10-15 އަހަރާއި ދެމެދުގެ ކުދިންނަށް އެޗްޕީވީ ވެކްސިން ދެނީ

މިހާރު ވަރަށް ބޮޑަށް އާއްމުވަމުން އަންނަ އެއް ބަލިކަމަށްވާ ކެންސަރުބަލިން ރައްކާތެރިވުމަށް ޖަހާ  ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދިނުން މިއަދު ހަވީރު އޮންނާނެ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީން ހާމަކުރައްވާފިއެވެ.

އެ އެޖެންސީން މިކަން ހާމަކުރައްވާފައި ވަނީ އެކްސް މެދުވެރިކޮށް މިއަދު ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕޯސްޓުގައި ބުނެފައިވަނީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ދިނުން މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޕޯސްޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ވެކްސިން ދިނުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ކަމަށާއި ވެކްސިން ޖަހަން އަންނަ އިރު ވެކްސިން ކާޑު ގެނައުމަށް އެދޭ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތަކީ ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން އެޗްޕީއޭއިން ބާއްވާ ހަރަކާތެކެވެ.  

އެޗްޕީވީ ވައިރަހަކީ ނުރައްކާތެރިކަން ކުޑަ އަދި އަވަހަށް ރަނގަޅުވާ ވައިރަހެއް ނަމަވެސް ބައެއްފަހަރު މި ވައިރަހުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް މަގުފަހިވާކަމަށް ދިރާސާތަކުން ދައްކައެވެ.

އެޗްޕީގެ ފަރާތުން މިއަދު އެޗްޕީވީ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އިރު ރާއްޖޭގައި ހޯއްގޮވާކެންސުމުގެ ކޭސްތަކެއް ފެނިގެން އެކަމަށް ސަމާލުވުމަށް ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެ އެޖެންސީން އިލްތިމާސްކޮށްފައެވެ.

ހޯއްގޮވާކެންސުމަކީ ގަވާއިދުން ވެކްސިން ދޭންފެށުމާއި ގުޅިގެން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނަމަވެސް މަދު މަދުން ރާއްޖެއިން ފެންނަ ބައްޔެކެވެ. މިފަހަރު މި ބަލި ފެނިފައިވަނީ  މިދިޔަމަހުގެ 23 ވަނަ ގއ.ވިގިލިންނެވެ. މިހާތަނަށް އެރަށުން މި ބަލީގެ 5 ކުއްޖެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.