މުބާރާތުގެ ޗެމްޕިއަން ޓީމު ބޭރިއަންސް
ކުޅިވަރު
04 Feb 2024 | 01:57
ފަސޭހަކަމާއި އެކު ހޭވައްލާ ބަލިކޮށް ބޭރިއަންސް އިން ޗެންޕިއަންކަން ހޯދައިފި

ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފައިނަލުގައި ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ހޭވައްލާ ބަލިކޮށް ބޭރިއަންސް އިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު ޑރ އަބްދުﷲ ރާފިއު އެވެ. 

ބޭރިއަންސް އާއި ހޭވައްލާ ވާދަކުރި މެޗުގެ ތެރެއިިން 

26 ޖެނުއަރީ 2024 އިން 03 ފެބުރުއަރީ 2024 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ކަނޑައެޅުމަށް ލީގުބުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ވަނީ ޕްލޭއޮފް މެޗެއް ކުޅެފައެވެ.

ބޭރިއަންސް އާއި ހޭވައްލާ ވާދަކުރި މެޗުގެ ތެރެއިިން 

މުބާރާތުގެ ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައި ހޭވައްލާ އިން ފައިނަލުގެ ޖާގަ ހޯދިއިރު، މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު ހޭވައްލާ އިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. އަދި ބޭރިއަންސް ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވުނު ޕްލޭއޮފް މެޗުގައި ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ކޯކޯ ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނު ހޭވައްލާ ޓީމުގެ ހުސެއިން ސާހް 

ފައިނަލް މެޗުގެ ފުރަތަަމަ ސެޓު ފަސޭހަކަމާއި އެކު 17-25 އިން ބޭރިއަންސް އިން ކާމިޔާބުކުރިއިރު، ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 21-25 އިންނެވެ. އަދި މެޗުގެ ތިންވަނަ ސެޓްގައި ބޭރިއަންސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިސެޓް އެޓީމުން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއި އެކު 12-25 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން 

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ އާދަމް ނަސީމް (ބޭރިއަންސް), އިބްރާހިމް ފަޒީލު (ބޭރިއަންސް), ހަސަން ސަމީހް (ބޭރިއަންސް), މުހައްމަދު ރިމާޒު (ހޭވައްލާ), ހުސެއިން ރަޒާން (ހޭވައްލާ) އަދި އަހުމަދު ފާޒިލް (ރަށްގުޑުވާ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބޭރިއަންސްގެ އިބްރާހިމް ފަޒީލު 

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޭވައްލާ ޓީމުގެ ހުސެއިން ސާހް ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު ޝަމްވީލް އެވެ. އަދި މުބާރަތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޭރިއަންސްގެ އިބްރާހިމް ފަޒީލު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.