ތެލިސީމިއާއަށް ސްކުރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން / ފޮޓޯ:އެޑިޔުކޭޝަން
ހަބަރު
04 Feb 2024 | 15:31
ޤައުމީ ކެންޕެއިންގެ ދަށުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށައިފި

ހުރިހާ ދިވެހިން ތެލިސީމިއާ އަށް ޓެސްޓްކުރުމަށް އަމާޒުހިފާ، ތެލިސީމިއާއަށް ހޭލުންތެރި ކުރުވުމަށް ފެށި ޤައުމީ ކެންޕެއިންގެ ދަށުން ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުން ތެސީމިއާއަށް ސްކުރީން ކުރަން ފަށައިފިއެވެ.

މިގޮތުން އެންމެ ފުރަތަމަ ތެލިސީމިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށެވެ. އޭގެ އިތުރުން ގްރޭޑް 10 ގެ ދަރިވަރުންގެ ބެލެނިވެރިން ހިމެނޭނެހެން ހުރިހާ ގްރޭޑެއްގެ ބެލެނިވެރިންނަށް ތެލިސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވެއެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއެވެ.

ތެލިސީމިއާ ބައްޔަށް ދިވެހިން ހޭލުންތެރިކުރުވާ، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް ރާއްޖޭގައި ތެލިސީމީއާ އަށް އުފަންވާ ކުދިންގެ ރޭޓް 50 އިންސައްތައަށް ދަށްކުރުމުގެ ވަރުގަދަ އަޒުމާއިއެކުގައި މި މަހު 1 ގައި ފެއްޓި ޤައުމީ ކެންޕެއިން ފައްޓަވައި ދެއްވާފައި ވަނީ ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުالله ހަލީލެވެ.

މި ޤައުމީ ކެންޕެއިން ފައްޓަވައި ދެއްވަމުން މިނިސްޓަރ ހަލީލު ވިދާޅުވީ ރާއްޖޭގައި މި ފެށޭ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ތެލެސީމިއާ އަށް ޓެސްޓު ކުރެވިގެން ދާނެކަމަށާއި، ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 17 އިންސައްތަ އަކީ ތެލެސީމިއާ ބަލީގެ މީހުން ނުވަތަ  އޭގެ އަލާމާތްތައް ހުރި މީހުން ކަމަށެވެ.

ތެލިސީމިއާ ބައްޔަށް އާއްމުން ހޭލުންތެރި ކުރުވުމަށް ހިންގާ ޤައމީ ބޮޑު ކެމްޕެއިން ފެށުނު ދުވަހު ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި މާލޭ ކައިރި ސަރަހައްދުގެ ދަރިވަރުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގާ ނިންމަވާލެވޭނެކަމަށެވެ.

މިއަދު އަރަބިއްޔާ ސްކޫލުގައި ބޭއްވުނު ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.