ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް
ހަބަރު
04 Feb 2024 | 17:12
ހަނިމާދޫ އެއާރޕޯޓުން އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން އިންޑިއާގެ ޓްރިވަންޑްރަމް ފިޔަވާ އިތުރު ސިޓީތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމެވެ.

އަލީސަލީމް ވިދާޅުވީ އެކުންފުނިން ދަތުރު ކުރަމުން ގެންދާ އެއާރޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓަކީ އެންމެ ޑިމާންޑު ބޮޑު އެއް އެއާރޕޯޓުކަމަށެވެ.

އެހެންކަމާއިއެކު މިހާރު އެކުންފުނީގެ އަމާޒު ހިފާފައި ވަނީ އިންޑިއާގެ ޓްރިވަންޑްރަމް ފިޔަވާ އެ ޤައުމުގެ އެހެން މަންޒިލްތަކަށް ދަތުރުތައް ފެށޭނެގޮތެއް ހޯދުމަށެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ސަލީމް ވިދާޅުވީ އެކުންފުނީގެ ކޮމާޝަލް ޓީމުން ދަނީ ދިރާސާތައް ކުރަމުން ކަމަށާއި، އެކަން ކުރިއަށް ގެންދިއުމުގައި ބޮޑު ތިލަދުންމަތީ ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއަށްގެންދާ މީހުންނާއި އެހެނިހެން ވިޔަފާރިވެރިންނާއި އަދި އާންމުންގެ ޚިޔާލު ހޯދަމުންދާ ކަމަށެވެ

"ބެންގަލޫރަކީ އިންޑިއާގެ އެހެން ސިޓީތަކާ ވަރަށް ކަނެކްޓިން ރަނގަޅު ތަނެއް. މިހާރު އިތުރު ސަރަޙައްދުތަކަށް ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރަމުންދަނީ. ވަރަށް އުފާވެރިގޮތަކަށް މި މަޝްވަރާތައް ނިމޭނެކަމަށް އުއްމީދުކުރަން "

 އަލީ ސަލީމް ވިދާޅުވިއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވާއިރު ހަނިމާދޫ އިންޓިނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ ބިޔަ ބޮޑު މަޝްރޫއެއް މިހާރު ވަނީ ފެށިފައެވެ.

އެގޮތުން ހަނިމާދޫ އެއާޕޯޓަށް 2.24 ކިލޯމީޓަރުގެ ރަންވޭއެއް އިތުރުކުރެވިގެންދާއިރު، އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.

ކޮމެންޓް
ާޢަލީ
އިންޑިޔާ އާއި މިސަރުކާރާއި ދެމެދު އޮތް މަސްރަޙް މިހާރު ރަނގަޅުވީތޯ؟
05 Feb 2024
ގުޅޭ ލިޔުންތައް
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.
28 Jul 2026
ދަރަނީގެ ހާމަކުރުމާއި އިންވެސްޓަރުންނާ ގުޅުން ބެލެހެއްޓުމުގައި ސްރީލަންކާ ދުނިޔޭގެ ހަތަރުވަނައަށް
ސްރީލަންކާގެ ފިނޭންސް ވުޒާރާއިން ބުނީ މި ކުރިއެރުން ހާސިލުކުރެވުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޕަބްލިކް ޑެޓް މެނޭޖްމެންޓް އޮފީހުގެ ދަށުން ރަސްމީ އިންވެސްޓާ ރިލޭޝަންސް ޕްރޮގްރާމެއް ޤާއިމުކުރުމުގެ ސަބަބުން ކަމަށެވެ.