އޭސީސީގެ ބައެއް މެމްބަރުން
ހަބަރު
05 Feb 2024 | 15:10
4000 ފުލެޓްގެ ތެރެއިން 2400 ފުލެޓް ދޫކޮށްފައިވަނީ ޝަރުތު ހަމަނުވާ މީހުންނަށް: އޭސީސީ

ނިމިދިޔަ ރައީސް އިބުރާހިމް މުހައްމަދު ޞާލީހްގެ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4000 ފުލެޓްގެ ތެރެއިން 2400 ފުލެޓް ދޫކޮށްފައިވަނީ  ޝަރުތު ހަމަ ނުވާ މީހުންނަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީން މިކަން ހަމަކޮށްފައިވަނީ  4000 ފުލެޓްގެ މައްސަލާގައި އޭސީސީއަށް ހުށަހެޅު މައްސަލަ ތަޙްޤީގު ކުރުމަށްފަހު އެކަމާއި ގުޅޭ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

އޭސީސީގެ މި ބައްދަލުވުމުގައި އެއިދާރާއިން ހާމަކުރެއްވި ގޮތުގައި އެ ކޮމިޝަނުން ކުރި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި ކަމަށާއި، އޭގެ ތެރެއިން 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވާކަމަށެވެ. ފުލެޓްތަކުގެ އަދަދަށް ބަލާއިރު އެއީ ގާތްގަނޑަކަށް 2،400 ފްލެޓްކަމަށްވެސް އެކޮމިޝަނުން ހާމަކުރެއްވިއެވެ.

އެސީސީން ހާމަކުރެއްވި ގޮތުގައި ފުލެޓްލިބުމުގެ ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅޭ ފޯމްގެ އިންސައްތައަކީ 20.7 އެވެ. ސަރުތު ހަމަވި ނަމަވެސް 19.7 އިންސައްތަ ފޯމުގައި މައްސަލަހުރި ކަމަށް އޭސީސީން ވިދާޅުވިއެވެ. ފުލެޓަށް ބަލާނަމަ އެއީ 1600 ފުލެޓެވެ.

އޭސީސީން މިއަދު މިހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ ސަރުކާރުން ފުލެޓް ލިބުނު ބައެއް ފަރާތްތަކަކަށް ވަނީ ލިޔުންވެސް ހަވާލު ކުރައްވާފައެވެ. 

އެކަމާއި ގުޅޭގޮތުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންނާއި އެގްރިމެންޓް ހަދައި ލިޔުން ދީފައިވާ މީހުންނާ ދޭތެރޭ ދެން ހަދާނެ ގޮތެއް އެނގޭނީ ހައުސިން މިނިސްޓްރީ އަށް ކަމަށާއި އެއީ އޭސީސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށެވެ.

ކޮމެންޓް
މުހައްމަދު
4048 ފޯމު ބަލަންޖެހުނީ ކިހިނަކުން؟ ދޫކުރީ 4000 ފުލެޓުދޯ.
05 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.