މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ނިކަމެތިން ހިލޭ ހައްޖަށް ގެންދިއުން
ހަބަރު
06 Feb 2024 | 09:06
ސަރުކާރުގެ ޚަރަދުގައި މީހުން ހައްޖަށް ގެންދާ އުސޫލް އާއްމުކޮށްފި

ސަރުކާރުގެ ޚަރަދުގައި 1000 ނިކަމެތިން ހައްޖަށް ފޮވުނުމަށް ރައީސުލް ޖުމުހުރިއްޔާ ޑޜ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ސަރުކާރުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނެ އުސޫލް އާއްމު ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ގެޒެޓް ކޮށްފައިވާ "ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

މި އުސޫލުގެ ދަށުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދެވޭނީ އެމީހެއްގެ ގައިގައި ފަސް ޝަރުތެއް ފުރިހަމަވެގެންނެވެ. އެ ފަސް ޝަރުތަކީ:

1.    ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވުން.

2.     ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވުން.

3.     އެ އަހަރަކު އިއުލާންކުރާ އުމުރުފުރާގެ މީހަކަށް ވުން.

4.    ހައްޖުގެ އަޅުކަން އާދަކުރެވޭނެ ސިއްހީ ހާލެއްގައި ހުރުން.

5.     އެ އަހަރަކު ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކުރިން މީލާދީ ގޮތުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވުން.

އިސްލާމިކު މިނިސްޓްރީން މިއަދު އާއްމުކުރި އުސޫލުގައި ބުނެފައިވާ ގޮތުން ކޮންމެ އަހަރަކު ދައުލަތުގެ ފަރާތުން ހިލޭ ފަރުޟު ޙައްޖަށް ގެންދާނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން އިސްލާމީ  ކަންތައްތަކާބެހޭ ވަޒީރެވެ. އަދި ހައްޖަށް ދިއުމަށްޓަކައި ކޮންމެ މީހަކަށްވެސް ދެވިގެންދާނީ ހަމަ އެންމެ ޖާގައެކެވެ.

ސަރުކާރުގެ ފަރާތުން މިއަދު މި އުސޫލް ނެރެ އާއްމުކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަޢުލަތުގެ ފަރާތުން މިއަހަރު  ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 50 މީހަކު ހައްޖަށް ފޮނުވާނެ ކަމަށެވެ.

"މި އުސޫލުގެ ދަށުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ މި ވުޒާރާއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.