މިސަރުކާރުގެ އަމާޒަކީ ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުން
ހަބަރު
06 Feb 2024 | 09:15
ގޯތީގެ ލިޔުން ހަވާލުނުކުރެވޭ ފަރާތްތަކަށް މިއަދު ލިޔުން ހަވާލުކުރަނީ

ނިމިދިޔަ ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުން މިހާރު ރަޖިސްޓްރީ ހަވާލު ނުކުރެވިވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ރަޖިސްޓްރީ އާއި ހަވާލުވުމަށް އަންގަމުން ދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ އަދި ގޯތި ލިބުނުކަމުގެ ލިޔުމާއި ހަވާލު ނުވާ ފަރާތްތަކާއި ހަވާލުކުރުން، އަންގާރަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ދެމެދު އެ ވުޒާރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ  އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެ ދުވަހަކަށް ސޮއިކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާޟިރުވެލައްވާނެ ގަޑި އަދި ތާރީޚް އެ މިނިސްޓްރީގެ ފަރާތަކުން އެފަރާތްތަކަށް އަންގާ ތަރުތީބުން ތާވަލް ކުރެވިގެން ކަމަށެވެ.

 މި ސަރުކާރު ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި އެއް ވައުދަކީ ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް އަދި ފުލެޓެއްވިޔަސް އަތު ނުލާނެކަމުގެ ވަޢުދެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުން މޫދުންނާއި ފަޅުފަޅުން ދީފައިވަ ގޯތިތައް ހިއްކާ އެތަންތަނުގެ ޙައްޤުވެރި ފަރާތްތަކާއި ހަވާލުކުރާނެކަމުގެ ވަޢުދެވެ.

އެގޮތުން މިހާރު މި ސަރުކާރުންވަނީ ހުލުމާލެ ފޭސް 3 އާއި ގިރާވަރުފަޅާއި ގުޅީފަޅު ހިއްކަށް ފަށާފައެވެ. އަދި މީގެ އިތުރުން ރައީސްޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބިޔަ ބޮޑު މަޝްރޫޢުއެއް "ރަސްމާލެ" ނަމުގައި ފުށިދިއްގަރު ފަޅުގައި ފައްޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.