ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު
ހަބަރު
06 Feb 2024 | 13:04
ފްލެޓް ދިނުމުގައި މެޑަމް ސާޖިދާ ލިސްޓެއް ގެންގުޅުއްވާކަމަށް ދައްކާ ވާހަކަތައް ރައީސް ދޮގުކުރައްވައިފި

"ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ފަރސްޓް ލޭޑީ، ސާޖިދާ މުހައްމަދު ލިސްޓެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ދޮގުކުރައްވައިފިއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ޕްރޮގްރާމް "ރައީސްގެ ޖަވާބު" ގައި، ސަރުކާރުން ފްލެޓް ބަހާ ގޮތާއިމެދު ފެތުރޭ ބައެއް ވާހަކަތަކުގެ ހަގީގަތް ހޯއްދެވުމަށް، ހުޅުމާލެ ފްލެޓް 104، ފާޠިމަތު އާދަމް ކުރެއްވި ސުވާލަށް ޖަވާބުދާރީ ވަމުންނެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައި އޮތް ސުވާލެއް ކަމަށެވެ. 

އަދި އެމަނިކުފާނު ވިޔަސް، އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިޔަސް، ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަޤާމުގައި ހުންނެވި ބޭފުޅެއް ވިޔަސް ނުފޫޒު ފޯރުވައިގެން މި ސަރުކާރުގައި ރައްޔިތުންގެ އެއްވެސް ޙައްޤަކަށް އަރަިނުގަނެވޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓް ވިޔަސް ގޯތި ލިސްޓް ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިޔަށްދާނީ އިންސާފުވެރިކަމާ ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއްގައި އެހެން މީހެއްގެ ނުފޫޒެއް ފޯރުވުމަކީ ޖާގަ ދޭނެ ކަމެއް ނޫންކަމަށާއި، އެކަހަލަ ކަމެއް ހިންގާ މީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މިހާރު ނެރޭ ލިސްޓު ނޫނީ އެކަހަލަ ކަމަކާ ގުޅޭގޮތުން އެ ދައްކާ ވާހަކަ އަކީ އެއްގޮތަކަށްވެސް ހަޤީޤަތެއް ހިމެނޭ ކަމެއްނޫން. އެއީ ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް." ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
އެލައިޑް މެރިން ހަލް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
05 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރަށް އަރައެވެ
05 Jul 2026
ހިމަބިހިޖެހުނު މީހުންގެ އަދަދު 72އަށް
ޑރ. ފައިސަލް ހާމަކުރެއްވި ގޮތުގައި، މިއަހަރު ހިމަބިހީގެ 72 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ