ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ޔުގެންޑާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ހަބަރު
06 Feb 2024 | 17:34
ނައިބު ރައީސްގެ ޔުގެންޑާ ދަތުރުފުޅަށް ޚަރަދުވީ 983،000 ރުފިޔާ

ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަޠީފް ޔޫގެންޑާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދު ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަ ކޮށްފިއެވެ.

މިދިޔަ މަހުގެ 17 އިން 24 ގެ ނިޔަލަށް ނާއިބު ރައީސް ކުރެއްވި މި ދަތުރުފުޅަކީ ނޮން-އައިލެންޑް މޫވްމަންޓް (ނާމް) ގެ 19 ވަނަ ސަމިޓްގެ ގައުމުތަކުގެ އިސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށާއި ގްރޫޕް އޮފް 77 އެންޑް ޗައިނާ -- ޖީ77 ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އާއްމުކުރައްވާފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ބިޒުނަސް ކްލާސް ޓިކެޓުގައި ތިން ބޭފުޅަކު ދަތުރު ކުރައްވާފައިވެއެވެ.  

ބިޒްނަސް ކްލާސް ތިން ޓިކެޓް - 346،657.02 ރުފިޔާ

އިކޮނޮމިކް ކްލާސް ހަތް ޓިކެޓް - 304،190.34 ރުފިޔާ

ޕޮކެޓް މަނީ (10 ބޭފުޅަކަށް) - 95،232.00 ރުފިޔާ

ފަރިއްކޮޅު ހަރަދު - 48،736.74 ރުފިޔާ

ސްޓޮޕްއޯވާ - 18،494.00 ރުފިޔާ

އިންސިޑެންޓަލް ހަރަދު - 441.27 ރުފިޔާ

އެކަމަޑޭޝަން - 169،280.76 ރުފިޔާ

ނައިބު ރައީސްގެ 7 ދުވަހުގެ މި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 983،032.13 ރުފިޔާއެވެ.

ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ނިންމަވާފައިވަނީ، އެމަނިކުފާނާއި އެމަނިކުފާނުގެ ނައިބު ރާއްޖެއިން ބެރަށް ކުރައްވާ ހުރިހާ ދަތުރުފުޅެއްގެ ޚަރަދު ތަފްސީލް އާއްމުކުރެއްވުމަށެވެ.

މިހާތަނަށް ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފު ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރުފުޅެއްގެ ޚަރަދު ތަފްސީލް އާއްމުކުރައްވާފައިވާކަން ފަހަގަކޮށްލެވެއެވެ.

ކޮމެންޓް
ގެދޮރުނެތްމީހާ.
2 ދަތުރުން ފްލެޓެއް ގަނެވޭހާ ފައިސާ. ހެޔޮނުވާނެ ތިހާ އިސްރާފު ކުރާކަށް!!!
06 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.