ރޮޒައިނާ-- ފޮޓޯ: މަޖިލިސް
ހަބަރު
06 Feb 2024 | 17:10
ބަލިވީމަ ބަލި ގަބޫލް ނުކުރަން މިއީ ރައީސް ނަޝީދެއް ނޫން: ރޮޒައިނާ

ބަލިވީމަ ބަލި ގަބޫލު ނުކުރެވިގެން އުޅުއްވަން މިއީ ރައީސް ނަޝީދެއް ނޫންކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީން ރޮޒައިނާ ވާދަކުރި ފޭދޫ ދެކުނު ދާއިރާ އިން ވަނީ ބަލިވެފައެވެ.

މިކަމާއި ގުޅިގެން އެކަމަނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލީހަށް ދެން ވާދަކުރައްވާނެ ގޮތެއް ނޯންނާނެ ކަމަށާއި، ކުރިމަތިލީ ދާއިރާގެ ޓިކެޓު ލިބުނަސް، ކުރިމަތި ނުލައްވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް ދަންނަވަން. އަޅުގަނޑު 20 ވަނަ މަޖިލީހަށް ދެން ވާދަ ކުރާނެ ގޮތެއް ނޯންނާނެ! އަޅުގަނޑު މިއީ ރައީސް ނަޝީދެއް ނޫން ބަލިވީމަ ބަލި ގަބޫލު ކުރަން ނޭނގިގެން އުޅޭކަށް! އަޅުގަނޑު ކުރިމަތިލީ ދާއިރާގެ ޓިކެޓް ދެން ލިބުނަސް، އެތަނަށް ވެސް ނުލާނަން. މީނދީ ހާދަ ބޮލަށް ފަސޭހަ ވެފައޭ! އެހެންވީމަ އަނެއްކާވެސް ކޮންމެވެސް ވާހަކައެއް ވިހައިގެން އަޅުގަނޑު ބޮލަށް ޖަހާފަ މިތާ އަޅުގަނޑާއި އަޅައިގަނެގެން އުޅެން ނުހައްދަވާ!"

ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އަށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހުނަސް އެކަމަނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ވަނީ ބޮޑު ތަފާތަކުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު އިތުރު ދައުރަކަށް ކަށަވަރު ކުރައްވައިފައެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީން ވަނީ އެޕާޓީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރުގެ ގޮނޑި އަތުލައި ޕާޓީން ވަކިކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
އާދަމްބެ
އެއަށްވުރެ ހަގުނަ އަރާހުރީ
16 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.