ރައީސުލްޖުމުހޫރިއްޔާ ތ،ވިލިފުށި ކައުންސިލް އާއި ބައްދަލަުކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް
ހަބަރު
06 Feb 2024 | 21:02
ވިލިފުށީގެ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާނެ: ރައީސް ޑރ. މުހައްމަދު މުއިއްޒު

ތ. ވިލިފުށީގެ އެއާރޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ލިބިވަޑައި ގެންނެވުމަށް ފަހު ރާއްޖޭގެ އަތޮޅުތަކަށް މިއަދު ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތ.އަތޮޅުން 3 ވަނައަށް ވަޑައިގެންނެވި ތ.ވިލިފުށީގެ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުމުގައި ވިލިފުށި ކައުންސިލުންވަނީ ނިމިދިޔަ ސަރުކާރުން ފަށާފައިހުރި މަސްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާހަގަ ކުރައްވާފައެވެ. އަދި ނިމިދިޔަ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް އެރަށުގައި ނިމިފައި ނުވާކަން އެކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއި އެކު އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހޮސްޕިޓަލާއި އެއާރޕޯޓްގެ މަސައްކަތް ފެށުންކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

ކައުންސިލްގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވި ޔަޤީންކަމަކީ އެމަނިކުފާނުގެ ސަރުކާރުން ވިލިފުށީގައި ހޮސްޕިޓަލަކާއި އެއާރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާވާނެކަމުގެ ޔަޤީންކަމެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ވިލިފުށި ކައުންސިލުންވަނީ އެރަށުގެ ރައްޔިތުންގެ ހުރި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެގޮތުން  ސުނާމީގެ ސަބަބުން ގެދޮރުގެ ދަތިކަން ކުރިމަތިވި ޢާއިލާތަކަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި އެއްބަސްވެވޭ ގޮތެއްގެ މަތިން ހައްލެއް ހޯދުމަށް ބޭނުންވާކަން އެކައުންސިލުން ފާހަގަކުރިއެވެ. އަދި އެރަށުގައި ހަދަމުންގެންދާ 100 ހައުސިން ޔުނިޓް ހަދާ ނިމުމުގެ ކުރިން އެސަރަހައްދުން އަސާސީ ހިދުމަތްތައް ލިބޭނެގޮތް ހޯދައިދެއްވުމަށް ވެސް ކައުންސިލުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން އެދިފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން އެދިލެއްވިކަންތައްތައް ސަރުކާރުގެ ކަމާއިގުޅުންހުރި މުއައްސަސާތަކާއި ވާހަކަދައްކައިގެން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.