ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 Feb 2024 | 10:12
ލަސްތަކެއް ނުވެ، ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއިގެ މަންޒަރުތައް ފެންނާނެ : ވަޒީރު ޝަރީފު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް ރާއްޖެ ޢުމްރާނީ ގޮތުން ތަރައްގީވެ މާ ގިނަ ދުވަހެއް ނުވެ، ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަމުންދާނެ ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ އެއަތޮޅު ވޭމަންޑޫ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުންދަނީ އެތެރެއާއި ބޭރުން އެހީތައް ހޯދައިގެން، އެމަނިކުފާނު ވެ ވަޑައިގެންނެވި ވަޢުދުތައް ފުއްދަވަން ކަމަށެވެ. 

އަދި ސަރުކާރުގެ ޚިދުމަތުގައި ހޭދަ ކުރެއްވި ހުރިހާ އަހަރު ތަކުގެ ތަޖުރިބާގެ އަލީގައި ޝަރީފް ވަނީ ރައްޔިތުން އުއްމީދު ކުރާ ކަހަލަ ތަސައްވުރެއް ފެންނަން ފެށީ އަދިކިރިޔާ ކަމަށެވެ.   

"އަޅުގަނޑުމެންނަށް މި ފެނުނު މަންޒަރު ތަކަށް ބަލާއިރު، އަޅުގަނޑު ވެސް ސަރުކާރުގައި އުޅޭތާ 43 އަހަރު ވެގެން މިދިޔައީ، މި ވޭތުވެދިޔަ ދުވަސް ތަކުގައި އަޅުގަނޑު ދަންނަވާނީ، ހަމަ ޔަގީނުންވެސް ދިވެހި ރައްޔިތުން އުއްމީދުކުރާ، ދިވެހި ރައްޔިތުން ދެކެން ބޭނުންވާ ވަރުގެ ތަރައްގީގެ ހަރުދަނާ ތަސައްވުރެއް، ރައްޔިތުން އުއްމީދުކުރާ ކަހަލަ ތަސައްވުރެއް ފެންނަން މިފެށީ، އަދި ކިރިޔާ."

"އެމަނިކުފާނުގެ ތަޞައްވުރުގައި ހުރި ކަންކަން، އަޅުގަނޑުމެންނަށް މިއަދު އެމަނިކުފާނުގެ އެކި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތަށް ބަލާއިރު، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުތަކުން ލަސްތަކެއް ނުވެ، ދުބާއީގެ މަންޒަރުތައް ފެންނަނާ ފަށާނޭ. މާލޭ ކައިރީގެ އެކި ހިސާބު ތަކުންނާއި، ރާއްޖޭގެ ތަފާތު ކަންކޮޅު ތަކުން، އަޅުގަނޑުމެންގެ ރާއްޖެ އުމްރާނީ ގޮތުން ކުރިއަށްދާ މިންވަރު ފެންނައިރު އަޅުގަނޑު ދަންނަވާނީ، ރާއްޖެ ދުބާއިގެ ސިފާގައި ފެންނަން ފަށާނެ ދުވަސް އިރާދަކުރެއްވިޔާ އޮތީ ވަރަށް ގާތުގައި." 

ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު 

މިއާއެކު ޝަރީފް ވަނީ، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު ރަސްމާލެ އާއި މާލެ ޓަނެލް އަކުން ގުޅުވާލައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔަމުންދާ ދިޔުމަށް ރައްދު ދެއްވާފައެވެ. 

އެގޮތުން ޝަރީފް ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރައްވާނެ ކަމަށް ވިދާޅުވާނީ، އެމަނިކުފާނުގެ އިންޖިނިއަރިންގ ގެ ތަޖުރިބާގެ އަލީގައި އެއީ ވާނެ ކަމަކަށް ވާތީ ކަމަށެވެ. އަދި އެ މަންޒަރު ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ