ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
07 Feb 2024 | 11:20
ވޭމަންޑޫ ބިން ހިއްކައި ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ނުކުންނަވައި ހުންނެވީ ވަރަށް 'ސީރިޔަސް' މަސައްކަތްތަކެއް ކުރައްވަން ކަމަށެވެ. އަދި އެމަނިކުފާނުގެ މުޅި ކެބިނެޓާއި ސަރުކާރު ކުންފުނިތައްވެސް، ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދަނީ އެ ރޫހުގައި ކަމަށް ވިދާޅުވި އެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވޭމަންޑޫ އަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވޭނީވެސް އެ ރޫހުގައި މަސައްކަތް ކުރައްވައިގެން ކަމަށެވެ. 

އެގޮތުން އެ ރަށުގެ ބޮޑެތި މަގުހެދުމާއި، ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަގުތައްް ހަދާނީ އެންމެ ފުރިހަމައަށް ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އަދި އެ ދެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަން ކުރިއަށް ގެންދިޔުމަށް، ކުރީ ސަރުކާރުން އެކުލަވައިލި މި އަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ގާނޫނު ތަކާއި އުސޫލު ތަކުން ޖާގަ ހޯދެން އޮތްނަމަ އެގޮތުން ބަލައިގެންވެސް ވޭމަންޑޫ ބިން ހިއްކަން މިއަހަރު ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި ހަމަ އެހެންމެ، އެ ރަށުގެ ސުކޫލް އެކްސްޓެންޝަން ގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއަހަރު ތެރޭގައިވެސް، ކަމާއި ގުޅޭ ގާނޫނު ތަކާއި އުސޫލުތަކުގެ ތެރެއިން ޖާގަ ހޯދެން އޮތްކަމަށް ވަންޏާ، ހޯދައިގެން އަޅުގަނޑުމެން ބަލާނަން ބިން ހިއްކުމުގެ މަސައްކަތް ފަށަން. އެކަން ނުކުރެވޭ ކަމަށް ވަންޏާ އެންމެ ލަސްވެގެން މި އަންނަ އަހަރު ވެސް ފަށާނަން. އެހެން ނަމަވެސް، އަޅުގަނޑު ބަލާނީ، އެންމެ އިސްކަމެއްދީގެން ބިން ހިއްކާ ރަށަކަށް މި ރަށް ހިމެނޭ ގޮތަށް މިއަހަރުވެސް ހަމަ ފަށަން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މީގެ އިތުރުން، ރާއްޖޭގެ ވެރިކަން ކުރާ ރަށްތަކާއި ސިޓީ ތަކުގައި ޢީދު ދުވަސް ތަކުގައި ކުލަ ބޮކި ދިއްލައި ތަކުބީރު ޖެހުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ ފިތުރު ޢީދުގައި ވޭމަންޑޫ ގައިވެސް އެފަދައިން ޢީދު ފާހަގަކުރެވިގެންދާނެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދައި ދިނުމަކީ އެ މަނިކުފާނުގެ ވާޖިބެއް ކަމަށާ ބަހާއި އަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ.

"ދުލުން ބޭރުކުރާ ކޮންމެ ބަހަކީ އެ ބަސް ދުލުން ބޭރުވުމަށް ފަހު އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާ ވާނެ. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް. އެހެންވީމާ އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެންކަމުން ކެމްޕެއިންގައި ވޭމަންޑު އަށް ވެވަޑައިގެންނެވި ވައުދުތައް ވެސް މި ސަރުކާރުގައި ފުއްދަވާނެ ކަމުގެ ޔަގީން އެމަނިކުފާނު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.