މުލިއާގެ މިވަގުތު ރާއްޖޭގައި ހުރި އެންމެ ރީތި އެއް ޢިމާރާތް
ހަބަރު
07 Feb 2024 | 18:27
ރައީސްގެ ދެކަނބަލުންގެ ދިރިއުޅުންވުން މުލިއާގެއަށް ބަދަލުކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވި މ.ދިމްޔާތު ދޫކުރައްވާ މުލިއާގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލް ޖުމުހުރިއްޔާކަމުގެ ހުވާ ކުރެއްވި ޑރ.މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ރައީސުން ތިއްބެވުމަށް ހާއްޞަ ކުރެވިފައިވާ ގެ ކޮޅަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައި ވަނީ މިދިޔަ ހޯމަދުވަހުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެކުރިން ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ވިދާޅުވެފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް މުލިއާގެއަށް ބަދަލުވެ ވަޑައިގެންނެވޭގޮތް ނުވީ އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ޖެހުމާއި ގުޅިގެން ކަމަށެވެ. އޭރު ކޮންމެހެން ކުރަން ޖެހުނު މަރާމާތެއް ކޮށްފައިވަނީ އެތަނުގެ އަސްލު ސިފަ ގެއްލިގެން ނުދާނެ ގޮތަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

މުލިއާގެއަކީ މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ. ރާއްޖޭގެ ތާރީހްގައި މިހާތަނަށް ރައީސުލްޖުމުހޫރިއްޔާގެ މަޤާމް އެންމެ ގިނަ ދުވަހު އަދާކުރެއްވި ރައީސް މައުމޫނު އަބުދުލްޤައްޔޫމު ވެސް އެންމެ ފުރަތަމަ ދިރިއުޅުއްވާފައިވަނީ  މުލީއާގޭގައެވެ. އަދި ހަމަ އެހެންމެ އަމިއްލަ ފުޅަށް ވެރިކަމުން އިސްތިއުފާދެއްވި ރައީސް މުޙައްމަދު ނަޝީދާއި އަދި ވޭތުވެދިޔަ 5 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް އިބުރާހިމް މުހައްމަދު ޞާލިޙްވެސް ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު ދިރިއުޅުއްވާފައި ވަނީ މުލިއާގޭގައެވެ.  

މިހާރު މުލިއާގެ ވެފައިވަނީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެންމެ ރީތި އެއް ޢިމާރާތްކަމުގައެވެ. އެ ޢިމާރާތް މިހާރު ހުރިގޮތައް އެތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެސް އެތަން މަރާމާތުކުރުމާއި އަދި ކުރިއަށް އޮތްތަނުގައި އެތަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.